ދިވެހިރާއްޖެ
ނަންބަރު: A)CA-2019/125)
އިޢުލާން
06 އެޕްރީލު 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ ޢަދަދަށް ބެލުމަށްފަހު، މާލޭސިޓީގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ، ހއ. އަތޮޅު، މާލެ-4، ށ. އަތޮޅު، މާލެ-2، އައްޑޫ ސިޓީ، މާލެ-3 އަދި ކ. މާފުށި-1 ވަނަ ފޮށްޓަށް ގިނަ ޢަދަދަކަށް މީހުން ރީ ރަޖިސްޓަރީ ވެފައިވާތީ، ތިރީގައި މިދަންނަވާ ގޮތަށް ވަނީ ބަދަލު ގެނެވިފައެވެ.
- 429 (A03.0.1، ހއ. އަތޮޅު، މާލެ-4) ވަނަ ނަންބަރު ވޯޓު ފޮށްޓަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު ވޯޓު ފޮށްޓެއްގެ ގޮތުގައި، 508 (A03.0.2، ހއ.އަތޮޅު، މާލެ-8) ނަންބަރު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެއްސުން.
- 438 (C02.0.1، ށ. އަތޮޅު، މާލެ-2) ވަނަ ނަންބަރު ވޯޓު ފޮށްޓަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު ވޯޓު ފޮށްޓެއްގެ ގޮތުގައި، 509 (C04.0.1، ށ. އަތޮޅު، މާލެ-4) ނަންބަރު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެއްސުން.
- 488 (S02.0.1، އައްޑޫ ސިޓީ، މާލެ-3) ވަނަ ނަންބަރު ވޯޓު ފޮށްޓަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު ވޯޓު ފޮށްޓެއްގެ ގޮތުގައި، 511 (S02.0.2، އައްޑޫ ސިޓީ، މާލެ-9) ނަންބަރު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެއްސުން.
- 146 (H03.08.1، ކ. މާފުށި-1) ވަނަ ނަންބަރު ވޯޓު ފޮށްޓަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު ވޯޓު ފޮށްޓެއްގެ ގޮތުގައި، 510 (H03.08.3، ކ. މާފުށި-3) ނަންބަރު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެއްސުން.
މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓުފޮށިތަކަށް ގެނެވުނު ބަދަލަށްފަހު، އެ ވޯޓު ފޮށިތަކުގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ކޯޑު |
ވޯޓުފޮށީގެ ނަންބަރު |
މާލެ، ކީރިތި ޤުރުއާނާބެހޭ މަރުކަޒު އަމީރު އަޙްމަދު މަގުގެ ހުޅަނގު ދޮރޯށިން (2 ނަންބަރު ދޮރާށި) ވަންނައިރު 4 ނަންބަރު ކްލާސްރޫމް ތެރޭގައި |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހއ. ތަކަންދޫ އަދި އުތީމު، މި 2 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
ހއ. އަތޮޅު، މާލެ-4 |
A03.0.1 |
429 |
މާލެ، ކީރިތި ޤުރުއާނާބެހޭ މަރުކަޒު، އަމީރު އަޙްމަދު މަގުގެ ހުޅަނގު ދޮރޯށިން (2 ނަންބަރު ދޮރާށި) ވަންނައިރު 6 ނަންބަރު ކްލާސްރޫމް ތެރޭގައި |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހއ. މުރައިދޫ އަދި ބާރަށް މި 2 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
ހއ. އަތޮޅު، މާލެ-8 |
A03.0.2 |
508 |
މާލެ، އަމީނިއްޔާ ސްކޫލް، ލިލީމަގު 3 ނަންބަރު ދޮރޯށިން ވަންނައިރު އޯލްޑް ސްޓާފް ރޫމް (ލީޑިންގް ޓީޗަރސް ރޫމް) ގައި |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ށ. ފީވަށް، ށ. ނަރުދޫ، ށ. މިލަންދޫ، މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
ށ. އަތޮޅު، މާލެ-2 |
C02.0.1 |
438 |
މާލެ، އަމީރު އަޙްމަދު ޕްރީސްކޫލްގައި |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ށ. ފުނަދޫ، ށ. މާއުނގޫދޫ، ށ. ޅައިމަގު މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
ށ. އަތޮޅު، މާލެ-4 |
C04.0.1 |
509 |
މާލެ، ފެކަލްޓީ އޮފް ޓުއަރިޒަމް އެންޑް ހޮސްޕިޓާލިޓީ، ދަނާލު ކުރިމަތީ ގޭޓުން ވަދެގެންދާއިރު، ދެކުނު ފަރާތު ލޮބީ |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީ ފޭދޫ ރައްޔުތުންގެ ތެރެއިން، ފޭދޫ ޝަމްސުއްދީނު ބޮޑުފަނޑިޔާރު ތަކުރުފާނުމަގުގެ އިރުން ފެށިގެން ރަށުގެ އިރުން އިރުން ހުޅަނގަށްގޮސް މާދެލަމަގުން ދެކުނަށް، ޑޭޒީމަގުން ހުޅަނގަށް ގޮސް ލަޠީފިހިނގުމުން ދެކުނަށް ގޮސް ރިޔާޒީހިނގުމުން އިރަށް ގޮސް ކުޅިބަލާހިނގުމުން އުތުރަށް ގޮސް ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު މަގާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، ފޭދޫ މާދެލަމަގުން އިރުއުތުރު ކަނުން ދެކުނަށް ގޮސް ޑޭޒީމަގުން ހުޅަނގަށް ގޮސް ރަށްދެބައިމަގުން އުތުރަށް ގޮސް ޗާންދަނީ މަގުން ދެކުނަށް ގޮސް ނޫރާނީހިނގުމުން އުތުރަށް ގޮސް ޝަމްސުއްދީންބޮޑުފަނޑިޔާރުތަކުރުފާނުމަގުގެ އުތުރުންއިރަށް މާދެލަމަގާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ. |
އައްޑޫ ސިޓީ، މާލެ-3 |
S02.0.1 |
488 |
މާލެ، ފެކަލްޓީ އޮފް ޓުއަރިޒަމް އެންޑް ހޮސްޕިޓާލިޓީ، ދަނާލު ކުރިމަތީ ގޭޓުން ވަދެގެންދާއިރު، އިރުމަތީ ފަރާތު ހުސް ޖާގަ |
މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީ ފޭދޫ ރައްޔިތުންގެ ތެރެއިން، ފޭދޫ ނޫރާނީހިނގުމުގެ އިރުއުތުރު ކަނުން ދެކުނަށްގޮސް ޗާނދަނީމަގުން އިރަށް ގޮސް ރަށްދެބައިމަގުން ދެކުނަށް ގޮސް ޑޭޒީމަގުން އިރަށް ގޮސް ލަޠީފީހިނގުމުން ދެކުނަށް ގޮސް ރިޔާޒީހިނގުމުން ހުޅަނގަށް ގޮސް ނަސީމީހިނގުމުން އުތުރަށް ގޮސް ކަނީރުމަގުން އިރަށްގޮސް ޗަނބޭލީހިނގުމުން އުތުރަށް ގޮސް ޗާނދަނީމަގުން ހުޅަނގަށް ގޮސް އާބާދިހިނގުމުން އުތުރަށް ގޮސް ޝަމްސުއްދީންބޮޑުފަނޑިޔާރުބޮޑުތަކުރުފާނުމަގުން އިރަށް ގޮސް ނުރާނީހިނގުމާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، ފޭދޫ އާބާދީހިނގުމުގެ އިރުއުތުރު ކަނުން ދެކުނަށް ގޮސް ޗާނދަނީމަގުން އިރަށް ގޮސް ޗަނބޭލީހިނގުމުން ދެކުނަށް ގޮސް ކަނީރުމަގުން ހުޅަނގަށް ގޮސް ނަސީމީހިނގުމުން ދެކުނަށް ގޮސް ރިޔާޒީހިނގުމުން ހުޅަނގަށް ގޮސް ރަބީޢީހިނގުމުން އުތުރަށް ގޮސް ބަނަފުސާގޯޅިން ދެކުނަށް ގޮސް ރޯޝަނީހިނގުމުން އުތުރަށް ގޮސް މިރިހިމަގުން ހުޅަނގަށް ގޮސް އަސަރީހިނގުމުން އުތުރަށް ގޮސް ޝަމްސުއްދީންބޮޑުފަނޑިޔާރުބޮޑުތަކުރުފާނުމަގުން އިރަށް ގޮސް އާބާދީ ހިނގުމާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، އަދި އަސަރީހިނގުމުގެ އިރުއުތުރު ކަނުން ދެކުނަށް ގޮސް މިރިހިމަގުން އިރަށް ގޮސް ރޯޝަނީހިނގުމުން ދެކުނަށް ގޮސް ބަނަފްސާގޯޅިން އިރަށް ގޮސް ރަބީޢީހިނގުމުން ދެކުނަށް ގޮސް ރިޔާޒީހިނގުމުން ހުޅަނގުން އިރަށް ގޮސް ޝަމްސުއްދީންބޮޑުތަކުރުފާނުމަގުން އިރަށް ގޮސް އަސަރީހިނގުމާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ. |
އައްޑޫ ސިޓީ، މާލެ-9 |
S02.0.2 |
511 |
ކ. މާފުށި، މާފުށީ ސްކޫލް، މަލްޓިޕާޕޯސް ހޯލުގެ އުތުރު |
މި ފޮށްޓަށް ވޯޓުލާނީ މާފުށީ ރައްޔިތުންގެ ތެރެއިން، ތިންމަހާނަ މަގުގެ ދެކުނުން ފެށިގެން ގޮސް އުތުރަށް، ހަނދުވަރީމަގުން އިރަށް، ރޯޝަނީ ހިނގުމުން އުތުރަށްގޮސް، އެމަގު ނިމޭ ހިސާބުގެ އިރުމަތީ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ކ. މާފުށި-1 |
H03.08.1 |
146 |
ކ. މާފުށި، މާފުށީ ސްކޫލް، ކްލާސްރޫމް
|
މި ފޮށްޓަށް ވޯޓުލާނީ މާފުށީ ރައްޔިތުންގެ ތެރެއިން، ތިންމަހާނަ މަގުގެ ދެކުނުން ފެށިގެން ގޮސް އުތުރަށް، ހަނދުވަރީމަގުން އިރަށް، ރޯޝަނީ ހިނގުމުން އުތުރަށްގޮސް، އެމަގު ނިމޭ ހިސާބުގެ ހުޅަނގު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ކ. މާފުށި-3 |
H03.08.3 |
510 |