އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހއ. ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން މޮނިޓަރކުރުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރުA)CB-2019/143)

އިޢުލާން

ހއ. ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން މޮނިޓަރކުރުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ 2 (ދޭއް) ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި 13 އޭޕްރީލް 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް )ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން މޮނިޓަރ ކުރުމަށް އެދޭ ފަރާތްތައް) 18 މާރިޗް 2019 ވާ ހޯމަ ދުވަހުން ފެށިގެން 26 މާރިޗް 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބައި-އިލެކްޝަން މޮނިޓަރ ކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.

2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.

3. (ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ ޓީވީ ސްޓޭޝަންގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން. ނުވަތަ،

  (ށ) ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން، ނުވަތަ

  (ނ) ބައިނަލްއަޤްވާމީ މީޑިއާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.

4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

 ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަކުރުމަށްފަހު މުއްދަތު ހަމަވުމުގެ ކުރިން މާލެއިންނަމަ، އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގެ ރިސެޕްޝަނަށް، އަދި އަތޮޅުތަކުންނަމަ، އެއަތޮޅެއްގައި ޤާއިމްކުރެވިފައިވާ އަތޮޅު އިލެކްޝަންސް ފޯކަލް ޕޮއިންޓަށް ނުވަތަ ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓަށް ހުށަހަޅަން ވާނެއެވެ.

 މޮނިޓަރ ކުރުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމުތަކާއެކު، ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މިސިޓީއާއެކު މޮނިޓަރ ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ފޮނުވަން ވާނެއެވެ. އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް  www.elections.gov.mv އިން ޑައުންލޯޑްކުރެއްވޭނެއެވެ. އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

1. ފުރިހަމަ ނަން، ދިވެހި (ފަރުމަ ފޮންޓުގައި) އަދި އިނގިރޭސި ބަހުން

2. އެޑްރެސް

3. އެޑްރެސް

4. އައި.ޑީ ކާޑް ނަންބަރު

5. ޖިންސް

6. އެދިލައްވާ ފަރާތާއި ގުޅޭނެ ފޯނު ނަންބަރ އެނގޭނޭހެން ލިސްޓުގެ ހާޑްކޮޕީ އަދި ސީޑީގައި ސޮފްޓް ކޮޕީ އެކްސެލް ފޯމެޓްގައި  (ވެބްސައިޓުގައިވާ ފޯމެޓަށް)

7. ޕާސްޕޯޓުގައި ޖަހާ ފޮޓޯގެ މިންގަނޑުތަކާ އެއްގޮތްވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް އަދި އެ ފޮޓޯގެ ސޮފްޓް ކޮޕީ ސީޑީއެއްގައި ޖޭޕީޖީ ފޯމެޓުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުން ރީނޭމް ކުރުމަށްފަހު

 

މޮނިޓަރުންގެ ފޯމް ބަލައި ގަންނަން ހަމަޖެހިފައިވަނީ 18 މާރިޗް 2019 ވާ ހޯމަ ދުވަހުން ފެށިގެން 26 މާރިޗް 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 4:00 އަށެވެ.ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރުކުރުމަށް ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް ފާސްދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 (ދިހައެއް) އިންސައްތަ އިތުރުނުވާ ގޮތަށެވެ. އެ ޢަދަދަށްވުރެ އިތުރުވާ ފޯމުތައް ބާޠިލް ވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ރަޖަބު 1440

18 މާރިޗު 2019
ހޯދާ