ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެމްކޯގެ ޙިދުމަތް މެދުކެނޑިފައިވާ ފަރާތްތަކަށް އަލުން ޙިދުމަތް ފޯރުކޮށްދިނުމާއި ގުޅޭ

މި އިޢުލާންވަނީ 21 މާރިޗު 2019 15:41 ގައި ބާތިލް ކުރެވިފައެވެ.


ނަންބަރ: WAMCO-CA/IUL/2019/027

އިޢުލާން

ވެމްކޯގެ ޙިދުމަތް މެދުކެނޑިފައިވާ ފަރާތްތަކަށް އަލުން ޙިދުމަތް ފޯރުކޮށްދިނުމާއި ގުޅޭ

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ފަރާތުން މާލޭގެ ގޭބީސީ ތަކާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންގެންދާ ކުނި ނެގުމުގެ ޙިދުމަތުގެ ބިލަށް ފައިސާ ނުދައްކަވާ ފަރާތްތަކަށް، ވެމްކޯއިން ދަނީ ވަގުތީގޮތުން ޚިދުމަތް މެދު ކަނޑާލަމުންނެވެ.

ނަމަވެސް ޚިދުމަތް މެދުކަޑާލާފައިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެވެސް ހެންދުނު 11:00 ގެ ކުރިން ބިލަށް ފައިސާ ދައްކަވައިފިނަމަ، އެދުވަހެއްގެ މެންދުރުފަހު 15:00 އިން ފެށިގެން، އަލުން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި 11:00 ގެ ފަހުން ބިލަށް ފައިސާ ދައްކަވާފަރާތް ތަކަށް، ޖެހިގެން އަންނަ ދުވަހުގެ 15:00 ގެ ފަހުން ޚިދުމަތް ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

ގޭބިސީތަކުގެ ކުނި ނެގުމުގެ ޚިދުމަތަށް ފައިސާ ދެއްކުމަށް މިކޯޕަރޭޝަނުން ތަފާތު ޙިދުމަތްތަކެއް ފޯރުކޮށްދެމެވެ. ފަސޭހަ ކަމާއި އެކު ބިލްތަކަށް ފައިސާ ދެއްކުމަށް:

  • ވެމްކޯގެ ކަސްޓަމަރ ފްރަންޓް އޮފީހަށް ވަޑައިގެން ފައިސާ ދެއްކެވޭނެއެވެ.
  • އަދި ވެމްކޯގެ ވެބްސައިޓް  avaspay.veshifaara.comއަށް ޒިޔާރަތް ކުރައްވާ އޮންލައިންކޮށްވެސް ފައިސާ ދައްކާލެއްވޭނެއެވެ. 
  • މީގެ އިތުރުން ވެސް ވެމްކޯގެ ތަރޑް ޕާޓީ ޕޭމަންޓް އައުޓްލެޓް ތަކަށް (މާލެއިން ނަމަ، ޔޫ ފޯން، މޮބައިލް ލޯޑް، އެލް މޮބައިލް ބިލް ޕޭ، މެޖެސްޓިކް މޮބައިލްސް، ސްމާޓް ފޯން) ޒިޔާރަތް ކުރައްވައިގެން ފަސޭހަކަމާއެކު ފައިސާ ދައްކާލެއްވޭނެއެވެ.

މިގެނެވުނު ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވޭނެ ވާހަކަ ދަންނަވަމެވެ.

 

 

                                                                      18 މާރިޗު 2019

18 މާރިޗު 2019
ހޯދާ