ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

މިސްކިތު ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

             މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށު މަސްޖިދުލް ހުދާގައި ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

             ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 މާރޗް 2019  ވާ ހޯމަދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މާރޗް ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

             މަޢުލޫމާތުސާފުކުރުމަށާއި،އަންދާސީހިސާބުހުށަހެޅުމަށްކަނޑައެޅިފައިވާގަޑިޖެހުމަށްފަހުހާޒިރުވި ނަމަވެސްއެފަރާތްތަކަށްއެފުރުޞަތެއްނުދެވޭނެއެވެ.

             އަދި މަޢުލޫމާތު ސާފުކުރުމަށް މީހަކު ފޮނުއްވުމަކާނުލައި ފޮނުއްވާ އަންދާސީހިސާބު ބަލައެއްވެސްނުގަނެވޭނެ އެވެ. މިއިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 / 9655050 ފޯނާ ގުޅުއްވުން އެދެމެވެ.

             މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

17 މާރިޗު 2019
ހޯދާ