ދިވެހިރާއްޖެ
މިރަށު ލިލީމަގު ހުޅަނގުކޮޅާއި، އޯކިޑުމަގު ދެކުނުކޮޅު މަގުކެނޑުމަށް، މަގަށް އަރާގޮތަށް ހުރި ރުއް ގަހުގެ ވެރިފަރާތް ހޯދުމަށް މިއިދާރާގެ ނަންބަރު: (IUL)456-ECMS/456/2019/13 (03 މާރޗް 2019) ގައި ކުރެވުނު އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން ރުއްގަހުގެ ލިސްޓް ގެނެސްފައިނުވެ އެވެ. އެހެންކަމުން އިތުރަށް ބެލުމުގެ ގޮތުން 2 (ދޭއް) ވަނަ ފަހަރަށް އެރުއްގަހުގެ ލިސްޓްހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، ލިލީމަގު ހުޅަނގުކޮޅާއި، އޯކިޑުމަގު ދެކުނުކޮޅު މަގުކަނޑާހިސާބުގައި ގަދަފެހި ކުލައިގެ ދަވާދަކުން 1 ން 70 އަށް އަދި A1 ން A23 އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިންވާނަމަ، އެރުއްގަހެއްގައި އެފަރާތެއްގެ ނަންބަރު ޖެހުމަށްފަހު މި އިދާރާއިން އެރުއްގަހުގައި ޖަހާފައިވާ ނަންބަރު ލިސްޓްކުރައްވައި 24 މާރޗް 2019 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު: 6800730 ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.