ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،

ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3345252 (960)

http://www.mnu.edu.mv

                                                     ނަންބަރ: 153-FHTS-2019-07

 

އިޢުލާން

 

މި ފެކަލްޓީއަށް ޕާޓްޓައިމް ލެކްޗަރަރއިން ހޯދުމަށް ކޮށްފައިވާ އިޢުލާން ނަންބަރު  153-FHTS-2019-06 އަށް އެދެވޭވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އަލުން އެއިޢުލާން ކުރަމެވެ. ވީމާ، މިފެކަލްޓީގެ ކޯސްތަކުގެ ތެރެއިން ތިރީގައިވާ މާއްދާތައް 2019 ވަނަ އަހަރު ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއްޖެއެވެ.

 

#

Module Name

Level

No. of Part-Time Lecturers Needed

Course Name

1

Business Law and Ethics

211

1

Bachelor of International Tourism Management

2

International Transport and Tourism

201

1

3

New Venture Development

337

1

Bachelor of International Hospitality Management

4

Finance and Accounting for Hospitality and Tourism

141

1

Bachelor of International Tourism Management;

Bachelor of International Hospitality Management

 

ނޯޓް:

މި އިޢުލާނަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން ޕާޓްޓައިމް ލެކްޗަރަރއިންގެ ގޮތުގައި ހޮވޭފަރާތްތަކަށް ފުރަތަމަ ކޮންޓްރެކްޓް ހެދޭނީ 2019 ޓަރމް 1 ގައި ކިޔަވައި ދިނުމަށެވެ. އަދި 2019 ޓަރމް 2 ގައި މީގެތެރެއިން މާއްދާއެއް އޮފަރ ކުރާނަމަ، އެ ޕާޓްޓައިމް ލެކްޗަރަރއެއްގެ ކޮންޓްރެކްޓް 2 ވަނަ ޓަރމަށް އައު ކުރެވޭނެއެވެ. އެ ޕާޓްޓައިމް ލެކްޗަރަރއަށް ޓަރމް 2 ގައި ކިޔަވައި ދެވެންނެތްނަމަ، މި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކަށް އަލުން އެ މާއްދާ ހުޅުވާލެވޭނެއެވެ. އަދި މި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެތެރެއިން ޓަރމް 2 ގެ މާއްދާއެއް ކިޔަވާދެވޭނެ ފަރާތެއް ނުލިބިއްޖެނަމަ އަލުން މާއްދާތައް އިޢުލާން ކުރެވޭނެއެވެ.

 

ޝަރުތު:

- ބެޗްލަރސް ޑިގްރީ ލެވެލް ކޯހުގެ މާއްދާއެއް ނަމަ، މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

- ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ކުރިމަތިލައްވާ ފަރާތްތަކާ އިންޓަރވިއުއެއް ކުރެވިދާނެވާހަކަވެސް ދަންނަވަމެވެ.

 

އުޖޫރަ:

- ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ދިވެހިރުފިޔާ

- ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ދިވެހިރުފިޔާ

- ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ދިވެހިރުފިޔާ

- ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ދިވެހިރުފިޔާ

- މީގެ އިތުރުން މާރކް ކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ދިވެހިރުފިޔާ

 

އެޕްލިކޭޝަން ސިޓީ ނުވަތަ އީ-މެއިލް އާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސް ޕޯޓުގެ ކޮޕީ

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

- ސިޓީ ނުވަތަ އީ-މެއިލް ލިޔުއްވާއިރު ކިޔަވައިދިނުމަށް ބޭނުންވެލައްވާ މާއްދާ ނުވަތަ މާއްދާތައް ޖައްސަވަންވާނެއެވެ.

 

އިތުރު މަޢުލޫމާތު:

- ކުލާސްތައް އޮންނާނީ ފެކަލްޓީއިން ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.

- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ.

 

ސުންގަޑި:

- މިކަމަށް އެދިލައްވާ ފަރާތްތަކުން 17 މާރޗް 2019 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި ފެކަލްޓީގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected] އަށެވެ.

 

14 މާރިޗު 2019
ހޯދާ