ދިވެހިރާއްޖެ
މަޤާމް :ސޮފްޓްވެއަރ ޑިވެލޮޕަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ސޮފްޓްވެއަރ ޑިވެލޮޕަރ މި މިނިސްޓްރީގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަންގެ މަސައްކަތާއި ގުޅިގެން، 01 އަހަރު ދުވަހުގެ މުއްދަތަށް، މި މިނިސްޓްރީގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަންގައި މަސައްކަތް ކުރުމަށް "ސޮފްޓްވެއަރ ޑިވެލޮޕަރ" އެއް ބޭނުންވެއެވެ. މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. އުޖޫރާ: މި މަޤާމަށް ހޮވޭ ފަރާތަށް މުސާރާއިގެ ގޮތުގައި -/16000 ރުފިޔާގެ އުޖޫރައެއް ދެވޭނެވެ. ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 2019 މާރިޗު 24 ވާ އާދީއްތަ ދުވަހު 12:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ހިއުމަން ރިސޯސަސް މެނޭޖްމަންޓް ސެކްޝަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ. އަމީނީ މަގު، މާލެ، ދިވެހިރާއްޖެ. ފޯން: 3004134 / 3004379 ފެކްސް:3004301 އީ-މެއިލް: [email protected] ވެބްސައިޓް: www.planning.gov.mv
7 ރަޖަބު 1440 14 މާރިޗު 2019 |