ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކްގައި ބެހެއްޓުމަށް ބޭނުންވާ ތަކެތި ހޯދުމާއި ބެހޭ

                                                                 ނަންބަރު: (IUL)267/267/2019/9 

 

އިޢުލާން

 

ކުޑަކުދިންގެ ޕާކްގައި ބެހެއްޓުމަށް ބޭނުންވާ ތަކެތި ހޯދުމާއި ބެހޭ

 

                މި ކައުންސިލުން ތަރައްޤީ ކުރަން ނިންމާފައިވާ ކުޑަކުދިންގެ ޕާކަށް ޕްލޭ ގްރައުންޑް އިކުއިޕްމަންޓްސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ޕާކަށް ބޭނުންވާ އިކުއިޕްމަންޓުގެ ހުރިހާ ތަފުސީލު މަޢުލޫމާތު ކަރުދާހުގައި ހުންނާނެއެވެ.

                ވީމާ، މި ތަކެތި ވިއްކަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

21 މަރޗް 2019 ވާ ބުރާސްފަތި ދުވަހު 13:00 ގައި

27 މަރޗް 2019 ވާ ބުދަ ދުވަހު 13:00 ގައި

       

            މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ހދ. ކުމުންދޫ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި މިއިދާރާއަށް ވިއްކުންއެދި” މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

               މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        07 ރަޖަބު 1440                                         

                    14 މާރޗް 2019

14 މާރިޗު 2019
ހޯދާ