ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިމަރުކަޒުންދޭ ކުރެހުމާއި އެއްގޮތަށް ކަބަނޑު ތައްޔާރުކޮށް ކްލާސްރޫމް ތަކުގައި ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން ނަންބަރ: GS-26/IUL/2019/23
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި މަރުކަޒުންދޭ ކުރެހުމާއި އެއްގޮތަށް ކަބަނޑު ތައްޔާރުކޮށް ކުލާސް ރޫމްތަކުގައި ބެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-26/IUL/2019/20 (6 މާޗް 2019) އިޢުލާނާ ގުޅިގެން ބީލަމުގައި ބައިވެރިވުމަށް އެއްމެފަރާތަކުން ރެޖިސްޓްރީ ކޮށްފައިވާތީ، އެއިޢުލާން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު، މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ދެވަނަ ފަހަރަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 17 މާޗް 2019 އިން 20 މާޗް 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 މާޗް 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 މާޗް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 27 މާޗް 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ. އަތޮޅު ތަޢުލީމީމަރުކަޒު
ގދ. ތިނަދޫ
ފޯން: 6840002
އީ-މެއިލް: [email protected]
7 ރަޖަބު 1440
14 މާޗް 2019
14 މާރިޗު 2019
ހޯދާ