ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީގެ ސައިކޮޓަރީގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 17 ފެބުރުވަރީ 2019 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަމްބަރު (IUL)202-A/1/2019/15 އާއި ގުޅިގެން ހުހަހެޅުއްވި އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީވެ، މި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މިއަދުންފެށިގެން، މިއޮފީހަށް ވަޑައިގެން، ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި މިމަސައްކަތާއި ގުޅޭ ޕްރީބިޑް މީޓިންގް 18 މާރިޗް 2019 ވާ ހޯމަ ދުވަހުގެ 10:00 ގައި އޮންނާނެވާހަކަ ދެންނެވީމެވެ. އަދި 21 މާރިޗް 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
06 ރަޖަބު 1440
13 މާރިޗް 2019