ދިވެހިރާއްޖެ
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުގެ ގޯތި ތެރޭގައި ގުދަނެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އޮފީހުގެ ނަންބަރު (IUL)7-ADMN/1/2019/10 )11 ފެބުރުވަރީ 2019( އިޢުލާނާ ގުޅިގެން މަޢުލޫމާތު ދެވުނު ފަހުން އެ ޢިމާރާތުގެ މަސައްކަތުގައި ހިމެނޭ ބައެއް ކަންކަން ކުރަންވީ ގޮތަށް ބަދަލު އައިސްފައިވާތީ އެ އިޢުލާނު ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 މާރިޗު 2019 ވާ އަންގާރަ ދުވަހު 11:00އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ ދެކުނު ސަރަހައްދީ އޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 26 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ 11:00އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ ދެކުނު ސަރަހައްދީ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ދުވަހު 11:00 ގެ ފަހުން ކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވަޑައިގަންނަވާ ފަރާތްތައް ނުވަތަ އަންދާސީހިސާބު ހުށަހެޅުއްވުމަށް ހާޒިރުވެވަޑައިގަންނަވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.