އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ގަބުރުސްތާން ނޮޅާސާފުކޮށްދޭނެ ފަރާތެއްހޯދުން:

މި ކައުންސިލުންދޭ މަޢުލޫމާތާއެއްގޮތަށް މިރަށު ގަބުރުސްތާން ނޮޅާސާފުކޮށްދޭނެ ފަރާތެއްހޯދަން މި ކައުންސިލުން ކުރި ނަންބަރު: IUL)340/340/2019/8) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވެފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، މި މަސައްކަތްކޮށްދޭން ޝައުޤްވެރިވާ ފަރާތްތަކުން 2019 މާރިޗު 24 ވަނަ ދުވަހުގެ 13:15 އަށް މި ކައުންސިލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 މާރިޗު 28 ވަނަ ދުވަހުގެ 13:15 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

            މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހަޅަން ޙާޟިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެއެވެ.

12 މާރިޗު 2019
ހޯދާ