ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު / ވ. ތިނަދޫ ޞިއްޙީމަރުކަޒު

ވ. އަތޮޅު ހޮސްޕިޓަލް

ވ. ފެލިދޫ / ދިވެހިރާއްޖެ

                                              ނަންބަރު: IUL)VAH/J2-HP/2019/1) 

                          އިޢުލާން

 

 

ވ. ތިނަދޫ ޞިއްޙީމަރުކަޒުގެ މަސައްކަތު  މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ، ޤާބިލް މީހެކެވެ.

މަޤާމު

މަސައްކަތު

މަޤާމުގެ ނަންބަރު

J-257183 

ބޭނުންވާ ޢަދަދު

01    (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާފް ގްރޭޑް 1

މަޤާމު އޮތް އޮފީސް

ވ. ތިނަދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ވ. ތިނަދޫ ޞިއްޙީމަރުކަޒު ، ވ. ތިނަދޫ   

މުސާރަ

-/3100  ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ   

ސަޕޯރޓިންގ ކޯ އެލަވަންސް 2

-/1200 ރުފިޔާ

އެހެނިހެން އެލަވަންސް

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވެހިރާޢްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް

1. ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި މަގުމަތި ގަސްއުފުރާ ކުނިކަހާ ސާފުކުރުން

2. ޞިއްޙީމަރުކަޒުގެ އެތެރެ ކުނިކަހާ މޮޕްއަޅާ ސާފުކުރުމާއި ދޮރުތަކާއި ދޮރުފަތްތައް ސާފުކުރުމާއި ޢިމާރާތުގައި ހަރުކުރެވިފައިވާ ފަންކާ، ހޮޅިބުރި ފަދަ ތަކެތި ފޮހެ ސާފުކުރުން

3. ޞިއްޙީމަރުކަޒުގެ އެތެރޭގައި ހުންނަ ފަރުނީޗަރާއި މެޝިނަރީޒް ފަދަ ތަކެތި ފޮހެ ސާފުކުރުން

4. ޞިއްޙީމަރުކަޒުގައި ބަލިމީހުން ބޭނުންކުރާ އެނދުގެ ތަންމަތި ބަދަލުކުރުން، ވޯޑް ޑްރެސިންގ ރޫމް ފަދަ ތަންތަނުން ނައްތާލަންޖެހޭ ކުނި ދުވަހުން ދުވަހަށް ނައްތާލުން

5. ބަލިމީހުންނަށް ބޭނުންކުރާ އިކްވިޕްމަންޓްސް ފަދަ ތަކެތި ސާފުކުރުމާއި އެތަކެތި ނަރުހުންގެ ބެލުމުގެ

ދަށުން ސްޓްރަލައިޒްކުރުން

6. ޞިއްހީމަރުކަޒުން ދޮންނަންޖެހޭ ބެޑްޝީޓް ، ބާލީހުއުރަ އަދި ތުވާލި ފަދަ ތަކެތި ދޮވެ އިސްތިރި ކުރުމާއި ފާޚާނާތައް ދޮވެ ސާފުކުރުން

7. އެޓެންޑެންޓް މީހާ ޗުއްޓީ ނަގައިފި ނަމަ މަރުކަޒުން ޙަވާލުކުރާ މަސައްކަތްތައް ކުރުން

8. ޞިއްޙީމަރުކަޒުގައި ރަސްމީ ދިދަ ނަގާ ތިރިކުރުން

9. ޞިއްޙީމަރުކަޒުން އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި މަރުކަޒަށް ގެންނަންޖެހޭ ތަކެތި ގެނައުން

10. ޞިއްޙީމަރުކަޒުގެ ގޯތި ތެރޭގައި ގަސްއިންދާ ފެންދީ ބެލެހެއްޓުމާއި ގޯތިތެރެ ވިނަވިޔަނުދީ ގަސްތައްކޮށާ ބެލެހެއްޓުން

11.  ޞިއްޙީމަރުކަޒުން އަންގާ ރަސްމީ މަސައްކަތްތަކުގެ އިތުރުން އެންމެން ގުޅިގެންކުރާ މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުމާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް

ލިޔަން ކިޔަން އެގުން.

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ ދައްވެގެން  ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް

ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެނެވެ.

ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. ( މި ފޯމް  ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުންނާއި ވ. އަތޮޅު ހޮސްޕިޓަލް އަދި ތިނަދޫ ޞިއްޙީމަރުކަޒުން ލިބެން ހުންނާނެއެވެ.

2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް،

އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން .

5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ  ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ 

1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމުރީނު ސެޓުފިކެޓު ތަކުގެ ކޮޕީ

2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ އެސެޓުފިކެޓުގެ ކޮޕީ

3. މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން .

ށ. އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ  އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ  އަދާކޮށްފައިވާ ވަޒީފާ ، ވަޒީފާއަދާކުރިމުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ  ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލެވޭނެ ކަންތައްތައް.

1. ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމުރީނަށް ބަލައިގެން

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން .

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ  21 މާރިޗް  2019 ވާ ބުރާސްފަތި  ދުވަހުގެ 13.00 ގެ ކުރިން ވ. އަތޮޅު އަތޮޅު ހޮސްޕިޓަލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމާށް މީހަކު ހޮވުމަށް ބޭއްވާ އިންޓަރވިއު އޮންނާނީ ވ. އަތޮޅު ހޮސްޕިޓަލްގައި 28 މާރިޗް 2019 އާއި 3 އޭޕްރިލް 2019 ދެމެދުގައެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށައަޅާ، ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ވ އަތޮޅު ހޮސްޕިޓަލްގެ 6700029 ނަންބަރު ފޯނަށެވެ.  އީމެއިލް އެޑްރެހަކީ   [email protected] 

12 މާރިޗު 2019
ހޯދާ