ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

                     މިރަށު ރަށްވެހިގޭ ގޯތިތެރޭގައި ހަދަން ފަށާފައިވާ 2 ކޮޓަރީގެ ޢިމާރާތުގެ  2 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 11 ފެބުރުއަރީ 2019 ގައި މިއިދާރާއިންކުރި (IUL)261/261/2019/7) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް ބޮޑުކަމަށްފެންނާތީ އެއަންދާސީ ހިސާބުތައް ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.  

                     ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއިއެއްގޮތަށް ރަށްވެހިގޭ ގޯތިތެރޭގައި ހަދަން ފަށާފައިވާ 2 ކޮޓަރީގެ ޢިމާރާތުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤު ވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 17 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ 10:15 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ 10:15 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                     މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ގެންނަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްގެ ބަދަލުގައި އެއްވެސްފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނަމަ ކުންފުނި/ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ކުންފުނި/ އިންވެސްޓްމަންޓްގެ ރަސްމީ ލިޔުމެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

                     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

12 މާރިޗު 2019
ހޯދާ