ދިވެހިރާއްޖެ
ވ. އަތޮޅު ހޮސްޕިޓަލް
ވ. ފެލިދޫ / ދިވެހިރާއްޖެ
ނަންބަރު: (IUL)VAH/J1-HP/2019/1
އިޢުލާން
| 
 ވ. ފުލިދޫ ޞިއްޙީމަރުކަޒުގެ ކޮމިއުނިޓީ ހެލްތް އޮފިސަރ މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި ޤާބިލް މީހެކެވެ.  | 
|
| 
 މަޤާމު  | 
 ކޮމިއުނިޓީ ހެލްތް އޮފިސަރ  | 
| 
 މަޤާމުގެ ނަންބަރު  | 
 J-304132  | 
| 
 ބޭނުންވާ ޢަދަދު  | 
 01 (އެކެއް)  | 
| 
 މަޤާމުގެ ގިންތި  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް  | 
 އެމް.އެސް.2  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން  | 
 ޓެކްނިކަލްއޮފިސަރ ގްރޭޑް2  | 
| 
 މަޤާމު އޮތް އޮފީސް  | 
 ވ. ފުލިދޫ ޞިއްޙީމަރުކަޒު  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން  | 
 ވ. ފުލިދޫ ޞިއްޙީމަރުކަޒު ، ވ. ފުލިދޫ  | 
| 
 މުސާރަ  | 
 -/6295 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް  | 
 -/2500 ރުފިޔާ  | 
| 
 ސަޕޯޓިންގ ކޯ އެލަވަންސް  | 
 -/900 ރުފިޔާ  | 
| 
 އެހެނިހެން އެލަވަންސް  | 
 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް 2. ދިވެހިރާޢްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް  | 
 1. ކޮންމެ އަހަރަކު ސްޓްރެޓެޖިކް ޕްލޭނެއް ހަދައި އެ ޕްލޭނާއެއްގޮތަށް މަސައްކަތްތައް ރާވައިގެން މަސައްކަތްކުރުން 2. އިދާރީ މަސައްކަތްތަކާއި ކިއުރޭޓިވް އަދި ޕްރިވެންޝަންގެ މަސައްކަތްތައް ކުރެވެމުންދާ ގޮތް ޤަވާޢިދުން ބެލުމާއި ހެލްތްޕޯސްޓްގެ ހުރިހާ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި ސްޕަވައިޒްކުރުން 3. ޞިއްޙީމަރުކަޒަށް ބޭނުންވާ ތަކެތި ހޯދުމާއި މަރާމާތުކުރަންޖެހޭ ތަކެތި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި ޚިދުމަތް ހޯދުމަށް އަންނަ މީހުންނަށް ދަތިނުވާނޭހެން ރާވާ އިންތިޒާމް ކުރުން . 4. ޚިދުމަތް ދިނުމަށް ހޯދޭ މެޑިކަލް ކޮންޒިއުމަބްލްސް އާއި ލިޔެކިއުމަށް ބޭނުންކުރާ ތަކެތި ހޯދައި ޚިދުމަތަށް ދަތި ނުވާނޭހެން ފަސޭހައިން ލިބޭނޭގޮތަށް ސްޓޮކްކުރުމަށް ބާރުއެޅުން 5. ރަށުގައި ރޯގާއެއް ފެށިއްޖެނަމަ އެރޯގާއެއް ކޮންޓްރޯލް ކުރުމާއި ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައްއެޅުމާއި އެކު ޤަވާޢިދުން ހޮސްޕިޓަލަށް ރިޕޯރޓް ކުރުން އަދި ހޮސްޕިޓަލުން އަންގާ ގޮތެއްގެމަތިން ފިޔަވަޅުއެޅުން 6. ވިހާ މަރުވާގެ ރަޖިސްޓްރީ ، އީޕީއައި ގެ މަސައްކަތްތައް އިދާރީގޮތުން ބަލަހައްޓަމުން ގެންދިއުމާއި ވެކްސިން ސްޓޮކް ހޯދާ ބެލެހެއްޓުން 7. އުފަންވެނިވި ޞިއްޙަތާއި ގުޅޭ މަސައްކަތްތަކާއި ގްރޯތް މޮނިޓަރިންގެ މަސައްކަތާއި ބަރުދަން ލުއިވަމުންދާ ކުދިންގެ މައިންނާއި މަޝްވަރާކޮށް އެކަށީގެންވާ މަޢުލޫމާތުދީ ރަގަޅު ކާނާއާއި ބެހޭ އިރުޝާދު ދިނުން 8. ވެކްޓަރ ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމާއި ސަރވެއިލަން އުސޫލުން ބަލަހައްޓާންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއިއެކު ޤާވާޢިދުން ރިޕޯރޓްކުރުން 9. ރަށުގެ ސާފުތާހިރުކަމާއި ކުނިން ރައްކާތެރިވެވޭނެ ގޮތްތައް އާމުންނަށް ވިސްނައިދީ ޕަބްލިކް އަދި ވޮލަންޓްރީ އޮގަނައިޒޭޝަން ތަކުގެ އެހީތެރިކަމާއެކު ހަރުދަނާ ޕްރޮގްރާމްތަކެއް ހިންގުމަށް މަސައްކަތްކުރުން 10. މިނިސްޓްރީގެ ދާޢިރާއާއި ގުޅުންހުރި އެހެނިހެން މުވައްސަސާތަކުގެ މަސައްކަތްތައް އެތަންތަނުން ކަނޑައަޅާފައިވާ ސްޓެންޑާރޑް ގައިޑްލައިންސް އާއި އެއްގޮތްވާ ގޮތުގެ މަތިން ކޮށްދެއްވަމުން ގެންދިއުން  | 
| 
 މަޤާމުގެ ޝަރުޠުތައް  | 
 1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.  | 
| 
 ގުޅޭ ވަޒީފާގެ ދާއިރާތައް  | 
 ހެލްތް ސާވިސަސް  | 
| 
 ތަޢުލީމީ ރޮނގުތައް  | 
 ކޮމިއުނިޓީ ހެލްތު، ޕްރައިމަރީ ހެލްތުކެއަރ އަދި ޕަބްލިކް ހެލްތު  | 
| 
 ހުށައަޅަންޖެހޭ ލިޔުންތައް  | 
 1 .ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. ( މިފޯމް ސިވިލްސަރވިސް ކޮމިޝަނުގެ www.csc.gov.mvވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ވ. ފުލިދޫ ޞިއްޙީމަރުކަޒުންވެސް ލިބެންހުންނާނެއެވެ) 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން . 5. ލިބިފައިވާ ތަޢްލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ ، ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ' ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒިފާ ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒިފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް.  | 
 ހެލްތު މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި  | 
 މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 21 މާރިޗް 2019 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން ވ. ފުލިދޫ ޞިއްޙީމަރުކަޒުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.  | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު  | 
 މި މަޤާމާށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ ވ. ފުލިދޫ ޞިއްޙީމަރުކަޒުގައި 2019 މާރިޗް 28 ން 03 އޭޕްރިލް އާއި ދެމެދުގައެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  | 
| 
 ޝޯޓް ލިސްޓް ކުރުން  | 
 މިވަޒީފާއަށް އެދި ހުށައަޅާ،ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
| 
 އިތުރު މަޢުލޫމާތު  | 
 މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ވ ފުލިދޫ ޞިއްޙީމަރުކަޒުގެ 6700605 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.  | 
12 މާރިޗް 2019
05 ރަޖަބު 1440
