ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލެއަށް އެއްގަމު އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުޞޫލުގެ ދަށުން ހުޅުމާލެއަށް އުޅަނދު އެތެރެކޮށް ރަޖިސްޓަރީކުރުމާއި ގުޅޭ

HDC(161)-M/IU/2019/20    ނަންބަރ:  

 

 

އިޢުލާން

 

ހުޅުމާލެއަށް އެއްގަމު އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުޞޫލުގެ ދަށުން ހުޅުމާލެއަށް އުޅަނދު އެތެރެކޮށް ރަޖިސްޓަރީކުރުމާއި ގުޅޭ:

މިކޯޕަރޭޝަނުގެ ނަންބަރު HDC(161)-M/IU/2018/94 އިޢުލާނުން ހުޅުމާލެއަށް އެއްގަމު އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުޞޫލުގެ ދަށުން ގަރާޖު ނެތް ތަންތަނަށް ދެމުން ގެންދިޔަ ހުއްދަ މަޑުޖައްސާލުމަށްފަހު، ދެންނެވުނު އުޞޫލު މުރާޖަޢާކޮށް މިކޯޕަރޭޝަނުގެ ވެބްސައިޓްގައި (https://hdc.com.mv/downloads/)  އާންމުކޮށްފައިވާ ވާހަކަ އާންމުކޮށް އަންގާ އިއުލާނުކުރީމެވެ.

އުޞޫލަށް ގެނެވިފައިވާ ބަދަލު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  • ·         ހުޅުމާލޭގެ ގޯތި، ރޯހައުސް އަދި ފްލެޓަކަށް އުޅަނދެއް ރަޖިސްޓަރީ ކުރެވޭނީ، އެތަނެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ އަނބި/ފިރި/ދަރިން/މަންމަ/ބައްޕަގެ ނަންމަތީގައި އެކަނި.

މިއުޞޫލުގެ ދަށުން ހުޅުމާލޭގެ ގޯތި، ފްލެޓް އަދި ރޯހައުސްތަކަށް ގެންނަ އުޅަނދު ހުޅުމާލެއަށް އެތެރެކޮށް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި ހުށަހަޅުއްވާނީ މިކޯޕަރޭޝަނުގެ އޮންލައިން ޕޯޓަލް (ޕޯޓަލް ލިންކް: https://v1.hdc.com.mv) މެދުވެރިކޮށެވެ.  އަދި ޕޯޓަލްއަށް ލޮގް އިން ވުމުން "ހުޅުމާލެއަށް އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުޞޫލު" އަދި  "ހުޅުމާލެއަށް އެއްގަމު އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމު" ފެންނަން ހުންނާނެއެވެ. އެހެންކަމުން، ހުއްދައަށް އެދިލައްވާ ފަރާތްތަކަށް ފޯމު ފުރުއްވުމަށްފަހު ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތަކާއެކު ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދި ހުށަހެޅުއްވޭނެއެވެ.

އަދި މި އިޢުލާން އާންމު ކުރެވޭ ތާރީޚުން ފެށިގެން V1 އެޕްލިކޭޝަން ފޯމު މިކޯޕަރޭޝަނުގެ ކައުންޓަރުން ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، 13 މާރިޗު 2019 ވާ ބުދަ ދުވަހުގެ 8:00 އިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދި ހުށަހެޅުއްވޭނެކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

ޝުކުރިއްޔާ

04   ރަޖަބު  1440

11   މާރިޗު  2019

11 މާރިޗު 2019
ހޯދާ