ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ޕްރޮޖެކްޓް އޮފިސަރ)

މަޤާމް

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަމްބަރ

J-230190

ބޭނުންވާ ޢަދަދު

01 ( އެކެއް )

މަޤާމުގެ ގިންތި

ދާއިމީ

ރޭންކް

އެމް. އެސް 1

މަޤާމުގެ ކުލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ އޮފީސް

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ

ސެކްޝަން / ޔުނިޓް

އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސާރވިސް

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

700.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

 

  1. 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް  ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޙިދުމަތް.

2     . ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން.

3           . ސިވިލް ސަރވިސްގެ މުވައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. 1. ތަރައްޤީގެ މަޝްރޫޢުތައް ހިނގާގޮތް ބަލައި މޮނިޓަރ ކުރުން
  2. 2. ތަރައްޤީގެ މަޝްރޫޢުތައް ރާވައި ކައުންސިލަރުންގެ މަޝްވަރާއާއިއެކު ހިންގުން
  3. 3. ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމަށްފަހު، ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާ މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ޕްރޮޖެކްޓް ފައިނޭންސަލް ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހަޅާ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތް ކުރުން
  4. 4. މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރުން
  5. 5. އިވެލުއޭޓްކޮށް މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑަ އެޅުމުން، ހަމަޖެހިފައިވާ އުސޫލުގެ މަތިން އެއްބަސްވުން ތައްޔާރުކޮށް ލިޔެ އެފަރާތަކާއި މަސައްކަތް ހަވާލު ކުރުން   
  6. 6. މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލައި ދުވަހުގެ ރިޕޯޓް އަދި މަސް ނިމުމުން މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް ކައުންސިލަރުންނަށް ހުށަހެޅުން   
  7. 7. ތަންތަން ޢިމާރާތްކުރަނީ ޤަވާޢިދާއި އެއްގޮތަށްތޯ ބަލައި ޗެކްކުރުން، އަދި ޤަވާޢިދާއި އެއްގޮތަށް ނޫން ކަމަށް ވަނީނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  8. 8. ޤަވާޢިދާއި ޚިލާފަށް ހުންނަ ފަރާތްތަކަށް ނަޞޭޙަތް ދިނުން، އިސްލާހު ނުވިނަމަ، އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލަރުންގެ މަޝްވަރާގެ މަތިން އެޅުން   
  9. 9. ކުލީ ބިންތަކުގެ ރަޖިސްޓްރީތައް ހަދައިދިނުމާއި ރަޖިސްޓްރީތައް ބެލެހެއްޓުން
  10.  ބިމުގެ ބަޖެޓް ހަދައި ފާސްކުރުމަށް ހުށަހެޅުން  
  11.  ދިރިއުޅުމަށް ދޫކުރާ ބިންތަކާއި، ކުލީ ބިންތަކާއި އަދި އެނޫން ގޮތްގޮތުން     ދޫކުރެވޭ ބިންތަކުގެ އިން ފާހަގަ ކުރުން
  12. ފުޓުބޯޅަ ދަނޑާއި އެސަރަޙައްދުގައިވާ ކުޅިވަރު ކުޅޭ ތަންތަން ބެލެހެއްޓުން
  13. އެލް ޖީ އޭ ގެ ފަރާތުން ހިންގާ ޕީ އެސް އައި ޕީ ޕްރޮޖެކްޓްތައް ހިންގުމާއި ސަރުކާރާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ގުޅިގެން ވަކި ސެކްޝަނެއްގެ މަސއްކަތުގެ ތެރޭގައ ނުހިމެނޭ ޕްރޮޖެކްޓްތައް ހިންގުން
  14. މި އިދާރާގެ ވަކިވަކި ސެކްޝަންތަކުގެ މަސައްކަތާއި ގުޅުން ހުންނަ ޕްރޮޖެކްޓްތަކަށް ފަންޑިންގ ހަމަޖެހުމުން މަޝްރޫޢު މެނޭޖްކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއި އެފަދަ  ޕްރޮޖެކްޓްތަކުގައި ހިމެނޭ ޙަރަކާތްތައް ހިންގުމަށް ކަމާއިގުޅޭ ސެކްޝަން / ޔުނިޓާއި ޙަވާލުކޮށް މަސައްކަތުގެ މަޤްޞަދު / ޓާގެޓް އަދި ބޭނުންވާ އެންމެހައި މަޢުލޫމާތު އެފަރާތާއި ޙިއްސާ ކުރުން

 

މަޤާމުގެ ޝަރުތުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް އާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

 

 

ދާއިރާ

ބެލެވޭ ބައިތައް

ދެވޭނެ އެންމެ މަތީ މާރކުސް

އިންސައްތަ%

ތަޢުލީމާއި ތަމްރީން

ލިބިފައިވާ އިތުރު ތަޢުލީމު

60

25.5

ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

12.5

އިމްތިޙާން

ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޚާން

12

5

މަސައްކަތުގެ ތަޖްރިބާ

ވަޒީފާއާއި ގުޅޭ ތަޖްރިބާ

23

10

އެހެނިހެން ތަޖްރިބާ

10

4

ލިބިފައިވާ ހުނަރު

އިންޓަރވިއު/ ޕްރެކްޓިކަލްސް

100

43

ޖުމުލަ

235

100

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެwww.csc.gov.mv  ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވެނޭއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 މާރިޗް 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އީ-މެއިލް އެޑްރެހަކީ[email protected] ، އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

 

އިންޓަރވިއު ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިންޓަރވިއުއާއި، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނުކުރުން އޮންނާނީ 07 އޭޕްރީލް 2019 އާއި 11 އޭޕްރީލް 2019 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޙްތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މިމަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު:

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6500038 ނަމްބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected]

                     04 ރަޖަބު     1440

                     11 މާރިޗް     2019

11 މާރިޗު 2019
ހޯދާ