ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގުކޮމިޓީ

މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަން ޖެހޭ ތަންތަނާއި ތަކެތި އަގު ކުރުމަށްޓަކައި މިކޯޓުގައި މިހާރު އެކުލަވާލެވިފައިވާ އަގު ކޮމިޓީގެ ދަފްތަރު 03 އަހަރު ވެފައިވުމާއިއެކު މިހާރު އެކުލަވާލެވިފައިވާ ދަފްތަރު އުވާލެވިފައިވާތީ، އަގު ކޮމިޓީގެ ދަފްތަރުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު އަލުން ހުޅުވާލަމެވެ.

  • މަސައްކަތް: މިކޯޓުގައި ހިނގާ މައްސަލަތަކާއި ގުޅިގެން އެވަގުތަކު އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.
  • މަސައްކަތުގެ އުޖޫރަ: އަގުކުރުމުގެ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާ.
  • ޝަރުޠު:- ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް އެއްދާއިރާއެއްގެ ހުނަރާއި މަޢުލޫމާތު ހުރި ފަރާތެއްކަމުގައިވުން.

         ވީމާ، އަގު ކޮމިޓީގެ ދަފްތަރުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ހާމަކޮށްދޭ ލިޔުން ނުވަތަ ސެޓްފިކެޓްތަކާއި އައިޑީކާރޑްގެ ކޮޕީއާއިއެކު ވަނަވަރު 2019 މާރިޗު 29 ވަނަ ދުވަހުގެ 13:00 ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

            1440   G 04

11  މާރިޗު   2019

                 

 

 

                                                                          އަޙްމަދު ޝަރީފް

                                                                  ގދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް

11 މާރިޗު 2019
ހޯދާ