ދިވެހިރާއްޖެ
ނަންބަރު: IUL)120/1/2019/19)
އިޢުލާން
ލޯންޗް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން
މިޑިޕާޓްމަންޓުން އިންތިޒާމުކުރާ އިމްތިހާނުތަކުގެ ސުވާލު ކަރުދާސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގެންދިއުމާއި، ޖަވާބު ކަރުދާސް ގެނައުމާއި، އިމްތިޙާނުތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ދަތުރުތައް ކުރުމަށް، 1 އަހަރު ދުވަހުގެ މުއްދަތައް ލޯންޗް ދަތުރު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 މާރޗް 17 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 މާރޗް 21 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގެ މީޓީންގ ރޫމުގައެވެ. ބިޑް ހުށަހެޅޭނީ ޕްރީބިޑް މީޓިންގއަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ.
04 ރަޖަބް 1440
11 މާރޗް 2019