ދިވެހިރާއްޖެ
ފ. އަތޮޅު ތަޢުލީމީ މަރުކަޒު
ނިލަންދޫ
ދިވެހިރާއްޖެ
ނަންބަރ: IUL)GS-37-B/GS-37/2019/09)
އިޢްލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު
2019 މެއި 10 ވަނަ ދުވަހުންފެށިގެން 01 އަހަރު ދުވަހުގެ މުއްދަތަށް މި މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިސްކޫލަށް އައިސް މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ކަރުދާސް 2019 މާރޗް 12 އިން މާރޗް 18 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ފ. އަތޮޅު ތައުލީމީ މަރުކަޒުން ލިބެންވެސް ހުންނާނެއެވެ. އަންދާސީ ހިސާބު އޮންނަށްވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެޑުން އޮންނާނީ ކަޑައެޅިފައިވާ ތާރީޚުގައި އަންދާސީ ހިސާބުހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން. |
އާ އޮފީސް ޢިމާރާތުގެ މީޓިންގ ރޫމުގައި |
މައުލޫމާތު ސާފުކުރެއްވުން. |
19 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ 11.00 ގައި |
އަންދާސީ ހިސާބުހުށަހެޅުމާއި،އަންދާސީހިސާބު ކެޑުން. |
26 މާރޗް 2019 ވާ އާދިއްތަ ދުވަހުގެ 11.00 ގައި |
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި އަދި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
11 މާރޗް 2019