ދިވެހިރާއްޖެ
c
ANGOLHITHEEM SCHOOL އަނގޮޅިތީމް ސްކޫލް
ރ.އަނގޮޅިތީމް R.Angolhitheem ދިވެހިރާއްޖެ Republic of Maldives
ނަމްބަރ:GS125/IUL/2019/07
އިޢުލާން
ސުކޫލުގެ ސެކިއުރެޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ
މިސްކޫލުގެ ސެކިއުރެޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް 14 ޖެނުއަރީ 2019ގައި ކުރި އިޢުލާން (އިޢުލާން ނަންބަރ GS125/IUL/2019/03 ) އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވި އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށައަޅަފައި ނުވާތީ، 2019 އަހަރަށް ސުކޫލް ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ކަމަށް ޤާބިލު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު އަރުވަމެވެ.
- މަޢުލޫމާތު ދިނުން :
މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 21 މާރިޗު 2019ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00އަށް ސުކޫލު އޮފީހަށް ހާޒިރުވެލައްވާ ބޭފުޅުންނަށް މައުލޫމާތު ސާފުކޮށްދިނުމުގެ ފުރުސަތު އޮންނާނެއެވެ.
- އަނދާސީހިސާބު ބަލައިގަތުމާއި، ކެނޑުން :
ސެކިއުރިޓީ ބަލަހައްޓާ ދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 26 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގައި މި ސުކޫލް އޮފީހުގައެވެ.
ހުށަހެޅޭ އަނަދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، " 2019 ވަނަ އަހަރަށް ރ.އަނގޮޅިތީމު ސުކޫލުގެ ސެކިއުރެޓީ ބެލެހެއްޓުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މައުލޫމަތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި، ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ.
04 ރަޖަބު 1440
11 މާރިޗު 2019