ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ކާޕެޓް އެޅުން

`                

 

 ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ            

    މާބައިދޫ، ދިވެހިރާއްޖެ

 

                 

ނަންބަރ:(IUL)397-B/397/2019/20

 

އިޢުލާން

* މިސްކިތު ކާޕެޓް އެޅުމާއިބެހޭ

 

ހައްދުންމަތީ މާބައިދޫ ހުކުރު މިސްކިތް "މަސްޖިދުލް ޣުފުރާން" މިސްކިތުގައި 1440 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ކާޕެޓް އަޅާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މިސްކިތުގައި އެޅުމަށް ކާޕެޓް ގެނެސް އަޅައި ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިޢިދާރާގެ ނަމްބަރު: 6800708 ފޯނަށް ނުވަތަ 7730436 ނަމްބަރުއަށް ގުޅުއްވައި މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު 20 މާރޗު 2019 ވަނަދުވަހުގެ 13:30 ގައި

މިޢިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ހުޅުވާލީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަނީ ކޮމްޕެނީ އަކުން ނަމަ ކޮމްޕެނީގެ ރަޖިސްޓަރީ ކޮޕީއަކާއި ކޮމްޕެނީގެ ވަނަވަރު އަދި އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކޮޕީއަކާއި އައި ޑީ ކާޑުގެ ކޮޕީއެއް އަންދާސީ ހިސާބާއެކު ހިމަނުއްވައިގެންނެވެ.

އަދި ކާޕެޓް ހޯދުމަށް ކުރިން މި ކައުންސިލުން ކޮށްފައިވާ ކައުންސިލްގެ (IUL)397-AS/397/2019/09 އިއުލާނަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ އިޢުލާނާއި އަންދާސީ ހިސާބުތައް ބާތިލް ކުރި ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެއެވެ.

03 ރަޖަބު 1440

10 މާރޗް 2019

10 މާރިޗު 2019
ހޯދާ