ދިވެހިރާއްޖެ
ތިރީގައި މި ދަންނަވާ މަގާމަށް މުވައްޒަފަކު ހޯދުމަށް 14 ފެބްރުވަރީ 2019 ވަނަ ދުވަހު ކޮށްފައިވާ ނަންބަރ: IUL)428-A/1/2019/3) އިޢުލާނަށް ކުރިމަތިލި ފަރަތްތަކުގެ މެދުގައި ބޭއްވުނު އިންޓަވިއުއިން މަޤާމަށް ހޮވޭވަރަށް އެއްވެސް ފަރާތަކަށް މާކްސް ލިބިފައިނުވާތީ، އަލުން މިމަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.
މަޤާމް: އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ
މަޤާމް ނަންބަރ: J-250680
ބޭނުންވާ އަދަދު: 01
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ. އެސް 4
މަޤާމުގެ ކްލެސިފިކޭޝަން : އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
ވަޒީފާ އަދާކުރަންޖެހޭ ތަން: ޓިވެޓް އޮތޯރިޓީ
މުސާރަ : 5020.00 ރުފިޔާ
ސާވިސް އެލަވަންސް: 1500.00 ރުފިޔާ
އެހެނިހެން އެލަވަންސް:
1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
4- ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 700.00 ރުފިޔާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ބޭނުންވާ ދާއިރާތަކުގެ އޮކިއުޕޭޝަނަލް ޓާސްކް އޭނާލައިސިސް ހެދުމުގައި އެހީތެރިވުން.
- ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ބޭނުންވާ ދާއިރާތަކުގެ ކޮމްޕިޓެންސީ ސްޓެންޑާރޑްތައް ތައްޔާރުކުރުމަށް ބޭނުންވާ ޓެކްނިކަލް ޕެނަލްތައް އެކުލަވާލާ، ސްޓެންޑަޑްތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
- ޓެކްނިކަލް ޕެނަލްތަކުގެ އެހީގައި ތައްޔާރުކުރެވޭ ކޮމްޕީޓެންސީ ސްޓެންޑަޑްތައް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކަށް އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށައަޅައި، ފާސްކުރުމުގެ މަސައްކަތް ކުރުން.
- ޓެކްނިކަލް ޕެނަލްތަކުގެ މަސައްކަތް ރާވާ ހިންގުމުގައި އެހީތެރިވެދިނުން.
- ކޮމްޕިޓެންސީ ސްޓެންޑަޑް ލިޔުމުގެ ވޯކްޝޮޕްތައް ރާވާ ހިންގުން.
- ކޮމްޕިޓެންސީ ސްޓެންޑަޑްތަކުގެ އިންސްޓްރަކްޝަން މެޓީރިއަލް ތައްޔާރުކުރުމުގައި އެހީތެރިވުން.
- ރާއްޖެއިން ބޭރުގެ ކޮލެޖުތަކުގެ އެހީގައި ހިންގޭ ޕްރޮގްރާމްތަކާއި މަސައްކަތްތައް ރޭވުމުގައި އެހީތެރިވުން.
- މުވައްޒަފުންނަށް ބޭނުންވާ އައިޓީ ސަޕޯޓް ދިނުން.
- ޓިވެޓް އޮތޯރިޓީގެ ސްޓެޓިސްޓިކްސް ބެލެހެއްޓުން.
- ޓިވެޓް ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރުން.
- ޓިވެޓް އޮތޯރިޓީ އިން ކުރިޔައްގެންދާ ޚާއްސަ މަސައްކަތުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.
މަޤާމުގެ ޝަރުތު:
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތު ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
- މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ،
- މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.
ގުޅޭ ވަޒީފާގެ ދާއިރާތައް:
1- އެޑްމިނިސްޓްރޭޝަން
ތައުލީމީ ރޮނގުތައް:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
ހުށަހަޅަންޖެހޭ ލިޔުންތައް
1- މި މަޤާމަށް އެދި ހުށައަޅާ ފޯމް (މި ފޯމް މި އޮތޯރިޓީގެ ވެބްސައިޓް www.tvet.gov.mv އިން ލިބެން ހުންނާނެއެވެ.)
2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ، ދެފުށުގެ ލިތުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ސިޓީ.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
ހ. ހާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
ވަޒީފާ ހަމަޖެއްސުމަށް ބެލޭނެ އެހެނިހެން ކަންތައްތައް
ހ. ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
ށ. ރާއްޖޭގެ ރަށްތަކާއި ރިސޯޓްތަކަށް ދަތުރުކުރެވޭ ފަރާތަކަށްވުން.
ނ. ނުރަސްމީ ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ އޮފީހަށް ނުކުމެވޭ ފަރާތަކަށްވުން.
ރ. އޮފީހުގެ ރަސްމީ ގަޑީގައިއާއި އަދި ނުރަސްމީ ގަޑީގައި ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވޭނެ ފަރާތަކަށްވުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ، ނައިންތް ފްލޯ، އެދުރުހިޔާ ބިލްޑިންގ، ފަޅުމަތީ ހިނގުމަށެވެ.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 21 މާޗް 2019 ވަނަ ދުވަހުގެ 12.00ގެ ކުރިންނެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު.
ހ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 24 މާޗް 2019 އާއި 28 މާޗް 2019 އާ ދެމެދުގައި ޓިވެޓް އޮތޯރިޓީގައެވެ.
ޝޯޓްލިސްޓް ކުރުން:
ހ. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރ 3341313 ފޯނަށް ގުޅުއްވުން އެދެމެވެ.