ދިވެހިރާއްޖެ
ނަންބަރ:FNK-I/IUL/2019/060
އިޢުލާން
މިނީ ވޭނެއް ގަތުމާއި ގުޅޭ:
މިކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް މިނީ ވޭނެއް ގަތުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މާރިޗް 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 މާރިޗް 2019 ވާ ހޯމަ ދުވަހުގެ 10:30އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
03 ރަޖަބު 1440
10 މާރިޗް 2019
