މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކުގައި އަދި އާންމުތަންތަނުގައި ކާބޯތަކެތި ވިއްކުން މަނާކުރުމާއިބެހޭ

                 ފަހަކަށް އައިސް ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކުގައި އަދި އާންމުތަންތަނުގައި ހުއްދަ ނުނަގާ އެކިފަރާތްތަކުން ކާބޯތަކެތި ވިއްކަމުން ދާކަން މިއިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގައި ރަޖިސްޓްރީކުރެވިގެން ޚިދުމަތް ދޭންޖެހޭ ތަންތަން ކަމުގައިވެފައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޤަވާއިދު ނަންބަރު:2014/R-380 (ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާއިދު)ގައި މިކަން ބަޔާންކޮށްފައިވީހިނދު، ހުއްދަ ނުހޯދާ ކާބޯތަކެތި ވިލިމާލޭގެ އެކިތަންތަނުގައި ވިއްކުމަކީ މަނާކަމެއް ކަމުގައި އަންގާ އިޢުލާންކުރީމެވެ. އަދި މިއެންގުމާއި ޚިލާފްވާ ފަރާތްތަކާއިމެދު ކަނޑައެޅިފައިވާ އުޞޫލުން ފިޔަވަޅު އެޅޭނެ ވާހަކަވެސް ދެންނެވީމެވެ.

  

                                   03 ރަޖަބު 1440

10 މާރިޗު 2019
ހޯދާ