މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނުގެ އެޅުމަށްޓަކައި ނަގަންޖެހޭ ރުއްގަސްތަކުގެ ބަދަލު ހަމަޖެއްސުން:

މި ރަށު އިންޖީނުގެ ރީލޮކޭޓް ކުރުމަށް ބޭނުންވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށްޓަކައި ވަރަށް ގިނަފަހަރު އިޢްލާނުކުރެވިއްޖެއެވެ.  މި އިޢްލާނަށް އިޖާބަދީ އެތަނުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތްކަން އަންގައިދޭ ލިޔުން ހުށަހަޅާފައިވަނީ ވަރަށް މަދު ފަރާތްތަކުން ކަން ފާހަގަ ކުރަމެވެ. މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ރުއްގަހުގެ ވެރިފަރާތްތަކުން ލިޔެކިޔުން (ރުއްގަހުގެ މިލްކު ސާބިތު ކުރި ފަތް) ހުށަހަޅައި ދެއްވުމަށް އިލްތިމާސް ކުރަމެވެ. މިއިޢްލާނުގެ މުއްދަތު ހަމަވާއިރު، މިލްކު ސާބިތުކުރި ފަތް ނުވަތަ ވެރިފަރާތް އެނގޭނެ އެހެންވެސް ލިޔުން ހުށަ ނާޅައި ރުއްގަސްތައް ހުރިނަމަ  އިތުރު ފުރުސަތެއް ނުދީ އެތަކެތި ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ. 

އިންޖީނުގެ ރީލޮކެޓް ކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަކީ ދިރާގު ހަޓްގެ އިރުމަތި އިންފާރުން ފެށިގެން އުދަރެސް ގެ އާއި ދިމާލަށް ވާގޮތަށް އަތިރިމައްޗަށް ފައިބަން އޮންނަ މަގާއި ދެމެދު ޒިޔާރަތްމަގު (ކުދިންކޮށިމަގު) ގެ އުތުރު (ގޮނޑުދޮށު ހޭޅިޔާ ހަމައަށް) ސަރަޙައްދެވެ. މިސަރަޙައްދުގައިވާ ރުއްގަހުގައި 1 އިން 53 އަށް ނަންބަރު ޖަހާފައިވާނެއެވެ.

 

ވީމާ، މިރުއްތަކާއި ގަސްތަކުގެ ވެރިން އެ ރުއްގަހުގައި ޖަހާފައިވާ ނަންބަރާއި މިލްކު ސާބިތުކުރިކުރި ފަތުގެ އަޞްލާއިއެކު 20 މާރޗް 2019 ދުވަހުގެ 1:30 ގެ ކުރިން ހުށަހެޅުމަށް ދަންނަވަމެވެ.

މިކަމާގުޅޭ ގޮތުން އިތުރަށް ސާފުކުރުމަށް ބޭނުންވާ މަޢްލޫމާތެއްވާނަމަ ރައީސް ޤާސިމް ޙުސައިން       (މޮބައިލް ނަންބަރު: 7750001 ) އާއި ބައްދަލު ކުރެއްވުން އެދެމެވެ.

10 މާރިޗު 2019
ހޯދާ