މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހި ބޭހާއި ކޮމްޕްލިމެންޓަރީ މެޑިސިންއާ ބެހޭ ގޮތުން ލަފާދޭ ފަންނީ ކޮމިޓީއެއް އެކުލަވާލުން

އިޢުލާން

 

ދިވެހި ބޭހާއި ކޮމްޕްލިމެންޓަރީ މެޑިސިންއާ ބެހޭ ގޮތުން ލަފާދޭ ފަންނީ ކޮމިޓީއެއް އެކުލަވާލުން

         ދިވެހި ބޭހާއި ކޮމްޕްލިމެންޓަރީ މެޑިސިންއާ ބެހޭގޮތުން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލަށް ލަފާދޭނެ ފަންނީ ކޮމިޓީއެއް އެކުލަވާލަން ބޭނުންވެއެވެ. މިކޮމެޓީއަކީ މޯލްޑިވްސް ބޯޑް އޮފް ކޮމްޕްލިމެންޓްރީ މެޑިސިން އުފެއްދެންދެން ދިވެހި ބޭހާއި ކޮމްޕްލިމެންޓްރީ މެޑިސިންގެ ފަންނު އަދި ފަންނުވެރިން ރެގިއުލޭޓްކުރުމުގައި އެކައުންސިލަށް ލަފާދިނުމަށް އެކުލަވާލެވޭ ވަގުތީ ކޮމެޓީއެކެވެ. މިކޮމެޓީގައި ހިމަނަން ހަމަޖެހިފައިވަނީ ދިވެހިބޭސްވެރިންގެ ތެރެއިން 4 ފަރާތަކާއި ކޮމްޕްލިމެންޓްރީ ދާއިރާގެ ފަންނުވެރިންގެ ތެރެއިން 3 ފަރާތެކެވެ. މިކޮމެޓީއަށް މީހުން ހޮވުމުގެ ޝަރުތުތަކާ އިސްކަންދޭ ކަންތައްތައް ތިރީގައި ބަޔާންކުރަމެވެ.

 

ބޭނުންވާ ދާއިރާ

 ދިވެހި ބޭސްވެރިކަމުގެ ދާއިރާ

ޝަރުޠު

  • މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ދިވެހި ބޭސްވެރިއެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވުން.
  • ކޮމިޓީގެ މަސައްކަތައް ހަފްތާއަކު މަދުވެގެން 03 ގަޑިއިރުގެ ވަގުތު ދެއްވޭނެ ފަރާތަކަށްވުން.

ބޭނުންވާ އަދަދު

   04

މީހުން ހޮވުމުގައި މާކްސް ދެވޭނެގޮތް

  • ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ހޯއްދަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކަށް 50 މާކްސް
  • އެހެނިހެން ތައުލީމީ ސެޓްފިކެޓްތަކަށް 25 މާކްސް
  • ދިވެހިބޭސްވެރިކަމުގެ ތަޖުރިބާއަށް 25 މާކްސް (5 އަހަރާއި 10 އަހަރާ ދެމެދުގެ ތަޖުރިބާއަށް ފުލް މާކްސްދޭނީ ރޭޝިއޯއިންނެވެ.)

 

 

 

 

 

 

 

ބޭނުންވާ ދާއިރާ

ކޮންޕިލިމެންޓްރީ މެޑިސިންގެ ފަންނުވެރިން

ޝަރުޠު

  • މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ކޮންޕްލިމެންޓްރީ މެޑިސިން ޕްރޮފެޝަންލެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވުން
  • ކޮމިޓީގެ މަސައްކަތައް ހަފްތާއަކު މަދުވެގެން03  ގަޑިއިރުގެ ވަގުތު ދެއްވޭނެ ފަރާތަކަށްވުން.

ބޭނުންވާ އަދަދު

   03

މީހުން ހޮވުމުގައި މާކްސް ދެވޭނެގޮތް

  • ކޮންޕްލިމެންޓްރީ މެޑިސިންގެ ދާއިރާއިން ހޯއްދަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކަށް 50 މާކްސް
  • އެހެނިހެން ތައުލީމީ ސެޓްފިކެޓްތަކަށް 25 މާކްސް
  • ކޮންޕްލިމެންޓްރީ މެޑިސިންގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް 25 މާކްސް (5 އަހަރާއި 10 އަހަރާ ދެމެދުގެ ތަޖުރިބާއަށް ފުލް މާކްސްދޭނީ ރޭޝިއޯއިންނެވެ.)

 

ދިވެހިބޭހާއި ކޮންޕްލިމެންޓްރީ މެޑިސިންއާއިބެހޭ ފަންނީ ކޮމިޓީއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

  1. ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ. މި ސިޓީ، ހުށަހަޅާ ދާއިރާ އަދި ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހޮވިއްޖެނަމަ ހަފްތާއަކު މަދުވެގެން  03ގަޑިއިރުގެ ވަގުތު ދެއްވޭނެކަން ފާހަގަ ކުރައްވަންވާނެއެވެ.
  2. ތަޢުލީމީ ސެޓްފިކެޓުތައް
  3. ކޮމިޓީގެ މެންބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިއުންތައް
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް
  5. ވަނަވަރު

ސުންގަޑި

  21 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް)                      

އިތުރުމަޢުލޫމާތު

   މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014480 އެވެ.

 

މިއިޢުލާނާއި ގުޅިގެން އެކައުންސިލުން މޯލްޑިވްސް ބޯޑް އޮފް ކޮމްޕްލިމެންޓްރީ މެޑިސިން އަށް މެމްބަރުން އައްޔަންކުރުމަށް ކުރި އިޢުލާން ނަންބަރު 23-MAHC/23/2016/104، 23-MAHC/23/2016/116، 23-MAHC/23/2016/127، 23-MAHC/23/2017/33 އަދި ދިވެހި ބޭހާ ކޮމްޕްލިމެންޓްރީ  މެޑެސިންއާ ބެހޭ ގޮތުން ލަފާދާ ފަންނީ ކޮމެޓީއެއް އެކުލަވާލުމަށް ކުރެވުނު 23-MAHC/23/2019/55 ބާޠިލްވީއެވެ.

 

       28 ޖުމާދިލްއާޚިރު 1440

10 މާރިޗު 2019
ހޯދާ