ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް އެއާރކޯން ގަތުމާއިގުޅޭ

                                            ނަންބަރު: (IUL)262/262/2019/22

އިޢުލާން

 

ހދ.ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް އެއާރކޯން ގަތުމާއިގުޅޭ

                         

                ހދ.ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް ބޭނުންވާ 17 އެއާރ ކޮނޑިޝަނަރ ގަތުމަށް ބޭނުން ވެއެވެ.

                  ވީމާ، މިދަންނަވާ ބްރޭންޑްތަކުގެ ތެރެއިން (HITACHI, PANASONIC, GREE, VOLTAS, AUX ALU, LG / ގްރީ، ޕެނަސޮނިކް، ހިޓާޗީ، އެލްޖީ، އޯކްސް އަލޫ، ވޯލްޓާސް،) 1 ބްރޭންޑެއްގެ 17 އެއަރކޯން، އަމިއްލަ ޚަރަދުގައި ގަތުމަށްފަހު ކައުންސިލް އިދާރާގައި ބަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 މާރޗް 2019 ވާ އާދިއްތަ ދުވަހުގެ 10:30 އަށް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 މާރޗް 2019 ވާ އާދިއްތަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުންނާއި ގަޑި ޖެހިގެން ޙާޟިރުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަތުމަށްވަނީ ހަމަޖެހިފައެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މިމަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

                   މިމަސައްކަތާއި ގުޅިގެން ހުށަހަޅުއްވާ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެ އުޞޫލަކީ

  • ހުށަހަޅާ އެންމެ ކުޑައަގަށް %80
  • މާލީ ތަނަވަސްކަމަށް    
  • ތަޖުރިބާ            05%
  • މުއްދަތަށް          

ބޭނުންވާ އެއަރކޯނާއިބެހޭ މަޢުލޫމާތު

05 އެއަރކޯން    BTU 9000   އިންވާޓަރ

07 އެއަރކޯން    BTU 24000  އިންވާޓަރ

02 އެއަރކޯން    BTU 12000  އިންވާޓަރ

03 އެއަރކޯން    BTU 18000  އިންވާޓަރ

 

                        ވީމާ މިކަންއާއްމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.

                          06 މާރޗް 2019

 

 

     އަޙުމަދު އިބްރާހީމް

  ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް

ހދ.ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ، ހަވީރީ ހިނގުން ހދ.ނޮޅިވަރަންފަރު، ދިވެހިރާއްޖެ

Haveeree Hin’gun , H.Dh.Nolhivaranfaru , Rep of Maldives

[email protected]

 

Nolhivaranfaru.gov.mv

 

+(960) 6520045

 

6520045 960 +

 
06 މާރިޗު 2019
ހޯދާ