ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފުޘްކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘުން ހޯދުމާއި ގުޅޭ:

ނަންބަރ: (IUL)395-02/395/2019/14 

         

އިޢުލާން

 

1440 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފުޘްކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘުން ހޯދުމާއި ގުޅޭ:

         

          1440 ވަނަ އަހަރުގެ(މިއަހަރުގެ) ރަމަޟާން މަހު ލ. އިސްދޫ "މަސްޖިދުލް އިނާރާ" އާއި "މަސްޖިދުލް އީޘާރު" ގައި އިމާމުވެ ޙިފްޘްކޮށް ތަރާވީޙް ނަމާދު ކުރާނެ 2 ޙާފިޘުން މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.      

          ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 މާރޗް 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެހުށަހަޅާ ތަނެއްގެ ލެޓަރހެޑުގައި، ސިޓީއަކާއެކު މިމަސައްކަތްކޮށްދެވިދާނެ އަގު (ކޯޓޭޝަން) މިކައުންސިލް އިދާރާއަށް އީމެއިލް ކޮށްދެއްވުން ނުވަތަ ހާޑް ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިމުއްދަތުގެ ފަހުން ހުށަހަޅުއްވާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަދި އިތުރު މަޢުލޫމާތު ހޯދެއްވުމަށް ބޭނުންފުޅުވާނަމަ 6800709 އަދި 9685454 އާއި ގުޅުއްވުމަށް ދަންނަވަމެވެ. ކޯޓޭޝަނުގައި މި ދަންނަވާ މަޢުލޫމާތު ހިމަނަން ވާނެއެވެ.

  1. ދެ ކޮޅު ޓިކެޓް ޚަރަދު (ރާއްޖެ ގެނާއުމާއި، އެނބުރި ޤައުމަށް ދިއުމަށް، ފުލައިޓުން ޚަރަދުވާނެ ވަރު)
  2. މާލޭގައި ހުރުމާއި، ކެއުމުގެ ޚަރަދު
  3. ވިސާ ދެއްކުމާއި، އިންޝުއަރެންސް ދެއްކުމުގެ ޚަރަދު
  4. ހުށައަޅާ ފަރާތުގެ ނަން، ގުޅޭނެ ނަމްބަރ، އައި.ޑީ، ކޮޕީ(ކުންފުންޏެއްނަމަ، ރަޖިސްޓަރީ ކޮޕީ)
  5. ތަޖުރިބާގެ ލިޔުމެއް އޮތްނަމަ، އެފަދަ ލިޔުމުގެ ކޮޕީ

ނޯޓް: ޙާފިޘުން ނެގުމުގައި ދިވެހި ޙާފިޘުން ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެވެ.

          30 ޖުމާދަލްއާޚިރާ 1440

          07 މާރޗް 2019  

07 މާރިޗު 2019
ހޯދާ