ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މި މަރުކަޒުންދޭ ކުރެހުމާއި އެއްގޮތަށް ކަބަނޑު ތައްޔާރުކޮށް ކުލާސް ރޫމްތަކުގައި ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ: GS-26/IUL/2019/20

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި މަރުކަޒުންދޭ ކުރެހުމާއި އެއްގޮތަށް ކަބަނޑު ތައްޔާރުކޮށް ކުލާސް ރޫމްތަކުގައި ބެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު، މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 7 މާޗް 2019 އިން 12 މާޗް 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 މާޗް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13 މާޗް 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 20 މާޗް 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

  1. ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ. އަތޮޅު ތަޢުލީމީމަރުކަޒު

ގދ. ތިނަދޫ

ފޯން: 6840002

އީ-މެއިލް: [email protected]

 

 

29 ޖުމާދަލްއާޚިރާ 1440

6 މާޗް       2019

                                  

06 މާރިޗު 2019
ހޯދާ