މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ސްޓާފް ޔުނީފޯމް އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މިކުންފުނީގެ ސްޓާފް ޔުނީފޯމް އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު: ޓީޝާރޓު 620 / ޓްރެކްޝޫޓް 314

ކޯޓޭޝަން ހުށަހަޅާއިރު ހިމަނަންޖެހޭ މަޢުލޫމާތު:

  • އަގު: ހުށަހަޅާއަގު ވާންވާނީ މިކުންފުނީގެ ހެޑްއޮފީސް ސައިޓަށް މިތަކެތި ފޯރުކޮށްދެވޭނެ އަގަށެވެ. ކޮންމެ ކޯޓޭޝަނެއްގައިވެސް ޖުމްލަ އަގާއި ޖީ.އެސް.ޓީ ވަކިން ބަޔާން ކުރަންވާނެއެވެ.
  • ސާމްފަލް: ހުށަހަޅާ އަގާއެކީ ތަކެތީގެ ސާމްޕަލް ހުށަހަޅަންވާނެއެވެ.
  • ތަކެތި ފޯރުކޮށްދެވޭ މުއްދަތު: ކޯޓޭޝަންގައި ތަކެތި ފޯރުކޮށްދެވޭނެ މުއްދަތެއް ބަޔާންކުރަންވާނެއެވެ.
  • ޓެކްނިކަލްމައުލޫމާތު: އައިޓަމްތައް އިވެލުއޭޓްކުރުމަށް ބޭނުންވާ ހުރިހާ ޓެކްނިކަލް މަޢުލޫމާތެއް ހިމަނަންވާނެއެވެ.
  • ޕޭމަންޓް ޓާރމްސް: ކޯޓޭޝަންގައި ޕޭމަންޓް ޓާރމްސް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • ކޯޓޭޝަން މުއަދަތު: ކޯޓޭޝަންގައިވާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
  • ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އޭގެ ތަފްސީލް ،ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތާއި ގުޅިގެން ކުންފުނީގެ ފަރާތުން މަޢުލޫމާތު ދެވޭނޭ ފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ފޯނު ނަންބަރު ހިމަނަންވާނެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން   މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

10 މާރޗް 2019 އާދީއްތަ ދުވަހުގެ 14:00 އަށް

17 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ 14:00 އަށް

 

 

ނޯޓް:

  • އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ވިޔަފާރި ހުއްދައޮތް ފަރާތްތަކަށް އެކަންޏެވެ. އަދި ކޯޓޭޝަން ހުށަހަޅުއްވާއިރު ކުންފުނީގެ ތައްގަޑު ޖައްސަވަން ވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިހްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި ޢިއުލާން ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.  

 

06 މާރޗް 2019،

 

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

06 މާރިޗު 2019
ހޯދާ