ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް (އެމް.ޔޫ.ޑީ.އާރް.ޕީ.)
އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް އެސެސްމަންޓް އެންޑް މެނޭޖްމަންޓް ފްރޭމްވާރކް (އީ.އެސް.އޭ.އެމް.އެފް.) ކޮންސަލްޓަންސީ
1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށް ގެންދާ މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް ފެށުމުގެ ކުރިން މުހިއްމު ބައެއް ޚަރަކާތްތައް ފަށައިގަތުމަށްޓަކައި ވާލްޑް ބޭންކް އިން ވަނީ ފައިނޭންސިންގ ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް އެސެސްމަންޓް އެންޑް މެނޭޖްމަންޓް ފްރޭމްވާރކް (އީ.އެސް.އޭ.އެމް.އެފް.) ކޮންސަލްޓަންސީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
2. މި މަސައްކަތްތަކުގެ ތެރޭގައި އެމް.ޔޫ.ޑީ.އާރް.ޕީ. މަޝްރޫޢުއަށް ބޭނުންވާ ސޯޝަލް އަދި އެންވަޔަރަންމަންޓަލް މައްސަލަތައް ނުވަތަ ކުރިއެރުންތައް ފާހަގަކުރުން އަދި ފާހަގަކުރެވިފައިވާ އިންޓަރވެންޝަންސްތަކުން އެންވަޔަރަންމަންޓަލް ސަސްޓެއިނަބިލިޓީއާއެކު މިޓިގޭޝަން ސްޓްރެޓަޖީޒް ހަދާ/ ސޯޝަލް އިމްޕެކްޓްސް އެންހާންސްކުރުން ހިމެނެއެވެ. މި ކޮންސަލްޓަންސީ މަސައްކަތަށް ވަރަށް ވަރުގަދަ ސްޕެޝަލިސްޓުންގެ ކޯ ޓީމް އެއް ބޭނުންވެއެވެ. އަދި މިމަސައްކަތުގެ މުއްދަތަކީ 6 ހަފްތާއެވެ.
3. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
4. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓިންގ ކުންފުނިތަކުން، ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) އާއި އެއްގޮތަށް ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރ އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.
5. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ވޯލްޑް ބޭންކްގެ "ޕްރޮކިއޮމަންޓް ރެގިއުލޭޝަންސް ފޮރ އައި.ޕީ.އެފް. ބޮރޮވަރޒް" ޖުލައި 2016، ނޮވެމްބަރ 2017 އަދި އޯގަސްޓް 2018 ގައި ރިވައިސްކުރެވިފައިވާ ގައިޑްލައިންގައިވާ ކޮންފްލިކްޓް އޮފް އިންޓްރެސްޓްއަށް ބައްލަވާ، މީގެ އިތުރުން، ކޮންސަލްޓަންޓް މިހާރު ކުރިޔަށްގެންދާ މަޝްރޫޢުތަކާ މި މަޝްރޫޢާ އެއްވެސް ގޮތަކުން މަސްލަހަތު ފުށުއަރާނަމަ މި މަޝްރޫއަށް ކޮންސަލްޓަންޓް އައްޔަން ނުކުރެވޭނެއެވެ. ކޮންސަލްޓަންޓުގެ ކޮލިފިކޭޝަން ހަމަކުރުމުގެ ގޮތުން އެހެން ކުންފުންޏަކާއިއެކު އެސޯސިއޭޝަން ހެދިދާނެއެވެ. ނަމަވެސް، މިއެސޯސިއޭޝަންއަކީ ޖޮއިންޓް ވެންޗަރ ނުވަތަ ސަބް ކޮންސަލްޓަންސީ އެއްކަން ސާފުކޮށް އިނގެން އޮންނަންވާނެއެވެ. ޖޮއިންޓް ވެންޗަރ އެއް ނަމަ، މަޝްރޫޢު އެވޯޑް ވެއްޖެނަމަ، ހިމެނޭ ހުރިހާ ޕާޓީތަކެއް މަޝްރޫޢުގެ މަސައްކަތުގައި ހަމަހަމަކަމާއެކު ޒިންމާ ނަގަންޖެހޭނެއެވެ.
6. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރ 2107 އަދި އޯގަސްޓް 2018 ގައި އިސްލާހުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ކޮންސަލްޓަންޓްސް ކޮލިފިކޭޝަން ބޭސްޑް ސިލެކްޝަން (ސީ.ކިއު.އެސް.) އުޞޫލުންނެވެ.
7. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް 06 މާރިޗު 2019 އިން 17 މާރިޗު 2019 އަށް 8:30 އާއި 14:00 އާއި ދެމެދު ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
8. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 މާރިޗު 2019 ވާ އަންގާނަ ދުވަހު 13:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ފާތިމަތު ޝާނާ ފާރޫޤް
ޑިރެކްޓަރ ޖެނެރަލް
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗރ
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން:3004300, 3004388
ފެކްސް: 3004301
އީމެއިލް އެޑްރެސް : [email protected]