ދިވެހިރާއްޖެ
ނަންބަރު: O8C-A/2019/02
އިޢުލާން
ވެހިކަލް ބާއްވާ ގަރާޖެއް ހެދުމާއި ގުޅޭ
މިކޯޓުގެ ނަންބަރު O8C-A/2019/01 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައި ވަނީ 2 ފަރާތަކުން ކަމަށްވާތީ އެ އިޢުލާނު ބާތިލްކޮށް، މިކޯޓުގެ ގޯތިތެރޭގައި ވެހިކަލް ބާއްވާ ގަރާޖެއް ހެދުމާއި ގޭޓް ބޮޑުކޮށް އައު ގޭޓެއް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 މާރިޗު 2019 ވާ އަންގާރަ ދުވަހު 13:00 އަށް، މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މާރިޗު 2019 ވާ އަންގާރަ ދުވަހު 13:00 އަށް، މިކޯޓަށް ވަޑައިގެން ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 19 މާރިޗު 2019
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
6 މާރިޗު 2019
މުޙައްމަދު ޙަމީދު
ކޯޓް އެޑްމިނިސްޓްރޭޓަރ