ދިވެހިރާއްޖެ
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ސޯސަންމަގު
ނ.ވެލިދޫ، ދިވެހިރާއްޖެ ނަމްބަރު:GS07/IUL/2019/009
އިޢުލާން
މި މަދަރުސާއަށް ބޭނުންވާ ފޮޓޯކޮޕީ މެޝިނެއް ގެނެސްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ މި މަދަރުސާގެ ބޭނުމަށް ފޮޓޯކޮޕީ މެޝިނެއް ގެނެސްދޭނެ ފަރާތެއް ހޯދުމަށް 26 ފެބުރުއަރީ 2019 ގައި ކުރި، މި މަދަރުސާގެ ނަމްބަރު GS07/IUL/2019/006 އިޢުލާނަގުޅިގެން، އަންދާސީހިސާބު 3 ފަރާތުން ހުށައަޅާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރީމެވެ. ވީމާ، ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް 01 (އެކެއް) ފޮޓޯކޮޕީ މެޝިން ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 މާރޗް 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް މިމަދަރުސާއަށް އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ.
މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެވިފައިވާ ސްޕެސިފިކޭޝަންގައިވާ ގޮތުގެ މަތިން ، ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ. ހުށަހަޅާ އަގު: % 80 މުއްދަތު: % 15 ތަޖުރިބާ : % 05
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560019 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. . |
29 ޖުމާދިލްއާޚިރު 1440
06 މާރޗް 2019