ދިވެހިރާއްޖެ
a
ފ. މަގޫދޫ ސްކޫލް
ފ. މަގޫދޫ ، ދިވެހިރާއްޖެ
އިޢްލާން ނަމްބަރ : GS71-A/IUL/2019/10
ސްކޫލްބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު
ކުރިޔަށްއޮތް ދެއަހަރު ދުވަހަށް ސްކޫލްބޯޑް އިންތިޚާބު ކުރުމަށް ޓަކައި ސްކޫލްބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވައިފައިފީމެވެ. ސްކޫލްބޯޑަށް މެމްބަރުން ހޮވޭނީ ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ނެގޭ ސިއްރުވޯޓަކުންނެވެ. ސްކޫލްބޯޑަށް މެމްބަރުން އައްޔަށްކުރެވޭނީ ތިރީގައި މިދަންނަވާ ގޮތުގެމަތިންނެވެ.
- ބެލެނިވެރިންގެ ތެރެއިން އިންތިޚާބުކުރާ 2 މެމްބަރުން
- ޓީޗަރުންގެ ތެރެއިން އިންތިޚާބުކުރާ 1 މެމްބަރުން
ޝަރުޠު : (ހ) ބެލެނިވެރިންގެ ޝަރުޠު:
1- ސްކޫލްގައި ކިޔަވާ ދަރިވަރެއްގެ ގޮތުގައި ސްކޫލްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަމުގައިވުން.
2- ސްކޫލްބޯޑުގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނޭ ފަރާތެއްކަމުގައިވުން.
3- ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިނުވުން. ނުވަތަ އެފަދަ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެފަދަ ޙުކުމެއް ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 5 އަހަރުވެފައިވާ މީހަކު ކަމުގައިވުން.
4- ދިވެހިބަހުން ލިޔަންކިޔަން އެނގުން.
5- ސްކޫލްގެ މުވައްޒަފަކަށް ނުވުން.
6- ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން.
7- އެހެން ސްކޫލެއްގެ ބޯޑެއްގެ މެމްބަރަކު ކަމުގައިވުން.
(ށ) ޓީޗަރުންގެ ޝަރުޠު:
1- ޓީޗަރެއްގެ މަޤާމުގެ މަސްޢޫލިއްޔަތު ސްކޫލްގައި އަދާކުރަމުންދާ މީހެއްކަމުގައިވުން
2- ސްކޫލްބޯޑުގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނޭ ފަރާތެއްކަމުގައިވުން.
ވީމާ، ސްކޫލްބޯޑުގެ މެމްބަރުކަމަށް ކުރިމަތިލާން އެދޭފަރާތްތަކުން 18 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މަގޫދޫ ސްކޫލަށް ސްކޫލްބޯޑުގެ މެމްބަރުކަމަށް އެދި ސިޓީ ހުށަހެޅުއްވުން އެދެމެވެ.
27 ޖުމާދަލްއާޚިރާ 1440
04 މާރިޗު 2019