މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
"ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވާޢިދު" (ނަންބަރު 2012/R-41) ގެ ދަށުން ނެގޭ ޖޫރިމަނާ އާ ގުޅޭ

އިޢުލާން

 

"ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު" (ނަންބަރު 2010/15) ގެ ދަށުން ޢާންމު ކުރެވި ތަންފީޒު ކުރަމުންދާ "ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވާޢިދު" (ނަންބަރު 2012/R-41) ގެ ދަށުން ކުރެވޭ ޖޫރިމަނާ ފައިސާ މިއަދުން ފެށިގެން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަ ގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ.

ވީމާ، ޙަވާލާދެވިފައިވާ ޤަވާޢިދުގެ ދަށުން ކުރެވޭ އަންނަނިވި ޖޫރިމަނާތަކުގެ ފައިސާ މިއަދު (5 މާރިޗު) އިން ފެށިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކެވުމަށް ދެންނެވީމެވެ.

-          ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާތަނެއްގައި ދުންފަތުގެ އިސްތިޢުމާލު ކުރީތީ ޤަވާޢިދުގެ 9ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރެވޭ ޖޫރިމަނާ: -/500ރ (ފައްސަތޭކަ ރުފިޔާ)

-          ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ، އާންމު ތަންތަން ފިޔަވާ އެހެންތަނެއްގައި ދުންފަތުގެ އިސްތިޢުމާލު ކުރަމުންދާތީ، ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން އެތަނެއްގެ ވެރިފަރާތް ކުރެވޭ ޖޫރިމަނާ: -/1000ރ (އެއްހާސް ރުފިޔާ)

-          ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަނެއްކަން އަންގައިދޭ ލިޔުން ބަހައްޓާފައި ނުވާތި ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ނ) ގެ ދަށުން އެތަނެއްގެ ވެރިފަރާތް ފުރުތަމަ ފަހަރު ކުރެވޭ ޖޫރިމަނާ: -/500ރ (ފައްސަތޭކަ ރުފިޔާ)

-          ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަނެއްކަން އަންގައިދޭ ލިޔުން ބަހައްޓާފައި ނުވާތި އަދި މިކަން ތަކުރާރުވެފައިވާތީ ޤަވާޢިދުގެ 9 ވަނަ މާއްދާގެ  (ނ) ގެ  ދަށުން އެތަނެއްގެ ވެރިފަރާތް ކުރެވޭ ޖޫރިމަނާ:  -/5000ރ (ފަސްހާސް ރުފިޔާ)

އަދި ދަންނަވަމެވެ. ޖޫރިމަނާ ދައްކަންޖެހޭ ފަރާތަކީ، "މިނިސްޓްރީ އޮފް ހެލްތު" ކަމަށް ލިޔެ ކުރިން ދޫކޮށްފައިވާ އަދި މިހާތަނަށް ފައިސާ ނުދައްކާ ޖޫރިމަނާ ތަކުގެ ފައިސާވެސް މިއަދުން ފެށިގެން ދައްކަންވާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ.

ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ތަންފީޒީ މުއައްސަސާތައް ގުޅިގެން އެކިއެކި މުއައްސަސާތަކަށް ލިބިފައިވާ ޤާނޫނީ އިޙުތިޞާޞްގެ ތެރެއިން ޖޫރިމަނާ ފައިސާ ނުދައްކަވާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި ޤަވާޢިދަށް ޢަމަލު ކުރެއްވުމަށާއި ޤާނުނާއި ޤަވާޢިދާ ޚިލާފުވެގެން ކުރެވޭ ޖޫރިމަނާތަކަށް ލަސް ނުކުރައްވާ ދައްކަވާ ނިންމެވުމަށް ސަމާލުވެލެއްވުމަށް މި ފުރުޞަތުގައި އިލްތިމާސް ކުރަމެވެ.

05 މާރިޗު 2019
ހޯދާ