މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ، އެމްޕްލޯއިމަންޓް ދޫކުރާ ތާރީހުން ފެށިގެން މީލާދީގޮތުން 01(އެކެއް) އަހަރު ނުވަނީސް އެމްޕްލޯޔަރ ބަދަލަކުރުމާއި ގުޅޭ
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން، އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރާ ތާރީހުން ފެށިގެން މީލާދީގޮތުން 01(އެކެއް) އަހަރު ނުވަނީސް ވަޒީފާއަދާކުރާފަރާތް ބަދަލުނުކުރެވޭނެ ކަމަށް 25 މެއި 2014 ގައި ވާނީ އިޢުލާންކުރެވިފައެވެ.
މިކަން ލުއި ފަސޭހަގޮތެއްގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ ގޮތުން 01 މާރޗް 2019 އިން ފެށިގެން، އެމްޕްލޯޔަރ ބަދަލުކުރުމަށް ބޭނުންވާ ބިދޭސީ ފަރާތުގެ އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރާ ތާރީހުން ފެށިގެން މީލާތީގޮތުން 01(އެކެއް) އަހަރު ވެފައި ނުވިނަމަވެސް އެމްޕްލޯޔަރ ބަދަލުކުރުމުގެ ފުރުސަތު ދެވޭނެކަން އާންމުކޮށް އަންގައި އިއުލާންކުރީމެވެ.
05 މާރިޗު 2019
ހޯދާ