މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނ.ވެލިދޫގައި ހޮސްޕިޓަލް އިމާރާތެއް ހެދުމަށްޓަކައި އެ އިމާރާތުގެ ކުރެހުންތަކާއި ބީ.އޯ.ކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

          ނ.ވެލިދޫގައި ހޮސްޕިޓަލް އިމާރާތެއް ހެދުމަށްޓަކައި އެ އިމާރާތުގެ ކުރެހުންތަކާއި ބީ.އޯ.ކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 20 މާރިޗު 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:15 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މާރިޗު 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

28 ޖުމާދަލްއާޚިރު 1440

05 މާރިޗު 2019
ހޯދާ