ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ އަތޮޅު ގުރުއަން މުބާރާތުގެ ކެއުން ހަމަޖެއްސުމަށް ބޭނުންވާ ތަކެތި ހޯދުން

ހދ އަތޮޅުޤްރުއާން މުބާރާތުގެ ބައިވެރިން ނަށްކާންދިނުމަށް ބޭނުންވާތަކެތިހޯދުން:

 

          މިރަށު ގައި ބޭއްވުމަށް ހަމަޖެހިފައިވާ 1440 ވަނައަހަރުގެ ހދ އަތޮޅު ޤްރުއާން މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ކެއުން ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ނެއްލައިދޫ ކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރީމެވެ.

          ވީމާ، މިކަން  ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  2019 މާރިޗް 13ވާ ބުދަ  ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2019 މާރޗް 20ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

          މައުލޫމާތު ސާފްކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއް ހުށަހަޅުއްވަން ވާނެއެވެ.

 

      މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

 

      ބަދަލުގައި މީހަކު ފޮނުވާނަމަ ތަމްސީލުކުރާ ފަރާތުގެ ސިޓީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

      މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ކޮންމެފަރާތަކަށްވެސް ބައިވެރިވެވޭނީ އެއްފަރާތެއްގެ ހައިސިއްޔަތުންނެވެ. (އަމިއްލަ ނަމުގައި ނުވަތަ ބަދަލުގައި އަންނަ ފަރާތުގެ ނަމުގައެވެ.)

     މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

 

 

                    28  ޖުމާދުލްއާޚިރާ  1440ހ.

                    05 މާރިޗް    2019މ.

05 މާރިޗު 2019
ހޯދާ