އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލީގަލް އެއިޑްގެ ކޮންސަލްޓަންސީ ފުރުޞަތު ހުޅުވާލުން

 

    ނަންބަރު: IUL)32-HRD/1/2019/13)

 

އިޢުލާން

 

ލީގަލް އެއިޑްގެ ކޮންސަލްޓަންސީ ފުރުޞަތު ހުޅުވާލުން

 

ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޤާނޫނީ ވަކީލުންގެ ފަރމެއް އައްޔަނުކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބޭނުންވެއެވެ.

           

މި މަސައްކަތާބެހޭ މަޢުލޫމާތު ހިމަނާފައިވާ "ޓަރމްސް އޮފް ރިފަރެންސް" އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިން ލިބެން ހުންނާނެއެވެ.

 

މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ދިނުމާއި ފޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލް 10 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އޮންނާނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 13 މާރިޗު 2019 ވާ ބުދަ ދުވަހުގެ 14:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.

 

މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި އޮފީހުގެ ނަންބަރު 3010142 ފޯނާ ގުޅުއްވުން އެދެމެވެ.

 

28 ޖުމާދަލްއާޚިރާ 1440

 

05 މާރިޗު 2019
ހޯދާ