ދިވެހިރާއްޖެ
`
ނެއްލައިދޫ ސްކޫލް
ހދ.ނެއްލައިދޫ ،ދިވެހިރާއްޖެ. ނަންބަރު : GS93/I/2019/11
އިޢުލާން.
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މިސްކޫލުގެ ނަންބަރު GS93/I/2019/10 ( 28 ފެބުރުވަރީ 2019 ) އިޢުލާނަށް އެކަށީގެންވާ މިންވަރަށް އަންދާސީ ހިސާބު ލިބިފައިނުވާތީ ، މިދަންނަވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދެވަނަ ފުރުސަތެއް ހުޅުވާލަމެވެ.
ވީމާ މިސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ސްޓާފް ފާޚާނާ މަރާމާތުކުރުން
މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 މާރިޗު 11 ވާ ހޯމަދުވަހުގެ ހެނދުނު 10.00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2019 މާރިޗު 17 ވާ އާދީއްތަ ދުވަހު ހެނދުނު 10.00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފްކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6520534 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 މާރިޗު 2019
28 ޖުމާދަލްއާޚިރާ 1440