ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ
ދިވެހިރާއްޖެ
ނަންބަރ: (IUL)403-A/403/2019/28
އިޢުލާނު
1440 ވަނަ އަހަރު ޙިފުޘުކޮށް ތަރާވީޙު ނަމާދު ކުރާނެ ފަރާތެއް ހޯދުމާ ގުޅޭ
ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް ރަމަޟާން މަހު ޙިފުޘުކޮށް ތަރާވީޙު ނަމާދު ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ.
* މަޢުލޫމާތު ސާފުކުރުން: 10 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 13:00 ގައި
* ކޯޓޭޝަން ހުށަހެޅުން: 17 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 13:00ގައި
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ކޯޓޭޝަން ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތްތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
27 ޖުމާދަލްއާޚިރާ 1440
04 މާރޗް 2019
ޙުސައިން ޙަބީބު ޢަލީ
ކައުންސިލްގެ ނ.ރައީސް