ދިވެހިރާއްޖެ
ޤާނޫނު ނަމްބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު)ގެ ދަށުން އަނިޔާ ލިބޭ މީހުންނަށް ކައުންސެލިންގ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ.
މި އޮތޯރިޓީގެ ނަންބަރު (IUL)450/1/2019/7 އިޢުލާނާގުޅިގެން، ޤާނޫނު ނަމްބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު)ގެ (64) ވަނަ މާއްދާގެ ދަށުން 'ކުށުގެ ޝިކާރައަށްވާ ފަރާތްތައް ނަފްސާނީ ގޮތުން ދިމާވެދާނެ އުނދަގުލެއް ލުއި ކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ކައުންސެލިންގ ގެ ހިދުމަތް ފޯރުކޮށްދިނުމަށް އެދި ހުށަހަޅުއްވާފައިވަނީ ދެ ފަރާތުންކަމުގައިވާތީ، އެ އިޢުލާން ބާޠިލްކޮށް އެ ފުރުސަތު އަލުން ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާފަރާތްތަކުން ތިރީގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޕްރޮފޯސަލް ހުށަހެޅުއްވުން އެދެމެވެ.
މަސައްކަތް |
ޖިންސީ ކުށުގެ ޤާނޫނުގެ (17/2014) ދަށުން އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން |
ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައުލޫމާތު
|
|
ހުށަހަޅަންޖެހޭ އިތުރު ލިޔެކިޔުން |
|
ޕްރޮފޯސަލް އިވެލުއޭޓްކުރުމުގައި ބަލާނެ މިންގަނޑުތައް |
|
އިތުރު ތަފްސީލް |
މި ހިދުމަތް ފޯރުކޮށްދޭން ޖެހޭނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަނޑައަޅާ އުސޫލެއްގެ މަތީން އޮތޯރިޓީން ހިދުމަތް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ މީހުންނަށެވެ. އަދި، މި ހިދުމަތް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތަކަށް މި މަސައްކަތް ހަވާލުކުރެވޭނީ އޮތޯރިޓީއާ އެކު އެއްބަސްބެވޭ އެއްބަސްވުމެއްގެ ދަށުން އޮތޯރިޓީން ކަނޑައަޅާ މުއްދަތަކަށެވެ. |
ވީމާ، މި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 14 މާރިޗު 2019 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ކުރިން އީމޭލް މެދުވެރިކޮށް [email protected] އަށް ފޮނުވާ ޕްރޮޕޯސަލްތައްވެސް ބަލައިގަނެވޭނެއެވެ. އިތުރު މައުލޫމާތު: ފޯން: 3010551 ފެކްސް: 3010552 އީމެއިލް: [email protected] 05 މާރިޗު 2019 |