ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ކެމެރާ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްގެ އިދާރާގައި ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ޤާއިމު ކުރުމަށްޓަކައި ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 މާރޗް 2019 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މާރޗް ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑި ޖެހުމަށްފަހު ހާޒިރުވި ނަމަވެސް އެ ފަރާތްތަކަށް އެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް މީހަކު ފޮނުއްވުމަކާނުލައި ފޮނުއްވާ އަންދާސީހިސާބު ބަލައެއްވެސް ނުގަނެވޭނެއެވެ. މިއިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6800730 / 9655050 ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.