ދިވެހިރާއްޖެ
ޤަވާޢިދު ނަންބަރު :2014/R-201 (މަގުކޮނުމާއި، މަގުގައި އެއްޗެތި ވަޅުލުމާއި ބެހޭ ޤަވާޢިދު) އަށް 1 ވަނަ އިސްލާޙް ގެނައުމުގެ ޤަވާޢިދު
މަގުކޮނުމާއި، މަގުގައި އެއްޗެތި ވަޅުލުމާއި ބެހޭ ޤަވާޢިދަށް އަންނަނިވި އިސްލާޙް ގެނައުން
1. ބުނެވިދިޔަ ޤަވާޢިދުގެ 3 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތައް އިޞްލާޙް ކުރުން .
3. (ށ) މަގެއް ކޮނުމުގެ މަސައްކަތް ކުރަމުންދާނަމަ މަސައްކަތްކުރާ ވަގުތުގައި އެމަސައްކަތް ކުރާ ޞަރަޙައްދުގެ ދެކޮޅުގައި މަސައްކަތް ނިމެންދެން ދުވާލުގަޑީގައިނަމަ މަސައްކަތްކުރާކަން އަންގައިދޭ ބޯޑް ބަހައްޓަންވާނެއެވެ. އަދި ރޭގަނޑުގައި މަސައްކަތްކުރާނަމަ މަސައްކަތްކުރާކަން އަންގައިދޭ ބޯޑްގެ އިތުރުން ރަތްކުލައިގެ އަލި ހުންނަ ބޮތްކެއް ދިއްލާފައި ހުންނަންވާނެއެވެ. އަދި ވަޅުގަނޑެއް ނުވަތަ ކޯރުކެނޑިފައިވާ ތަނެއް ފަސްނުލެވި ރޭގަނޑު 6 ގެ ފަހުން ބަހައްޓަންޖެހޭނަމަ އެތަނުގެ ވަށައިގެން ވާރނިންގ ޓޭޕް ދަމައި އެތަން ވަކިކުރަންވާނެއެވެ.
2. މިޤަވާޢިދަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި މިޤަވާޢިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.