މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރިންސަސް ސްރިނަގަރިންދްރާ އެވޯޑް 2019 އާއިގުޅޭ

ޕްރިންސަސް ސްރިނަގަރިންދްރާ އެވޯޑް 2019 އާއިގުޅޭ

ތައިލޭންޑްގެ ޕްރިންސަސް، ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާއި ގުޅުވައިގެން ތަޢާރަފްކޮށްފައިވާ "ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2019" އަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ.

ވީމާ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 30 އޭޕްރިލް 2019 (އަންގާރަ) ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތް ޑިވިޜަން އަށް އެޑްރެސްކޮށް ފޮނުވައިދެއްވުމަށް އެދި ދަންނަވަމެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމާއިގުޅޭ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ. (http://www.princess-srinagarindraaward.org) އަދި މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަން (3014472) އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

އިޙްތިރާމްޤަބޫލްކުރެއްވުން އެދެމެވެ.

26 ޖުމާދަލްއާޚިރު 1440ހ.

04 މާރިޗު 2019
ހޯދާ