މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ތައިސޭކޮށީގެ ތެރޭގައި ހިމެނިފައިވާ ގަރާޖް ވަރކްޝޮޕް ހެދުމަށް ކަނޑައެޅިފައިވާ ބިމުގައި ހުރި ތަންތަން ފަރާތްތަކަށް ދޫކުރުމާބެހޭ

ތައިސޭކޮށީގެ ތެރޭގައި ހިމެނިފައިވާ ގަރާޖް ވަރކްޝޮޕް ހެދުމަށް ކަނޑައެޅިފައިވާ ބިމުގައި ހުރި ތަންތަން ފަރާތްތަކަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް މި މިނިސްޓްރީން ވަކި އެއްޗެއް އަންގަންދެން ހުއްޓަވާލަދެއްވުމަށް 22 ޑިސެންބަރު 2013 ގައި މާލޭ ސިޓީ ކައުންސިލަށް ވާނީ އަންގަވާފައެވެ. ވީމާ، މިކަން އާންމު ފަރާތްތަކަށް އެންގުމަށާއި މިތަނުގެ ބިމަށް އެދިވަޑައިގެންފައިވާ އެންމެހައި ފަރާތްތަކަށް އެންގުމަށްޓަކައި އާންމުކޮށް އިޢުލާނުކުރީމެވެ.

މިގޮތަށް އަންގާފައިވަނިކޮށް އެއްވެސް ފަރާތަކުން މިއިން ބިމަކާ ބެހޭގޮތުން އެއްވެސް މުޢާމަލާތެއްކޮށް އެފަރާތަކަށް ލިބިދާނެ މާލީ ގެއްލުމަކުން ނުވަތަ ދައްޗަކަށް މި މިނިސްޓްރީން ޒިންމާނުވާނެ ވާހަކަ ދަންނަވައި އަދި ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ދިވެހިދައުލަތުގެ ބިން ބޭނުންކުރުމަށް ސަމާލުވުމަށް މި މިނިސްޓްރީން ކޮށްފައިވާ ނަންބަރު 39/2012/138/(IUL)138-AS1 (3 އެޕްރިލް 2012) އިޢުލާނުން އާންމުކުރެވިފައިވާތީ މިކަމަށް ސަމާލުކަން ދެއްވުމަށް ދެންނެވީމެވެ.

26  ރަބީޢުލްއައްވަލް 1435

27 ޖަނަވަރީ 2014
ހޯދާ