މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީއަށް ފަރުނީޗަރު ގަތުމާއިބެހޭ

އިޢުލާން

 

މި އޮތޯރިޓީއަށް ފަރުނީޗަރު ގަންނަންބޭނުންވެގެން 17 ފެބުރުވަރީ 2019 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)431-AHP/1/2019/1 އިޢުލާނާއި ގުޅިގެން އަގު ހުށަހަޅުއްވާފައިވާނީ ދެފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް، މިކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މިތަކެތި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 މާރިޗު 2019 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 މާރިޗު 2019 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި 04 މާރިޗު 2019 ވަނަ ދުވަހުގެ 10:00 ގެ ފަހުން މިއޮތޯރިޓީގެ ކައުންޓަރުން މައުލޫމާތު ޝީޓު ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4300-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

27 ޖުމާދަލްއާޚިރާ 1440ހ.

4 މާރިޗު 2019މ.

04 މާރިޗު 2019
ހޯދާ