ދިވެހިރާއްޖެ
އިޢުލާން
ލ.އިސްދޫ ސިއްހީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 10 މާރިޗު 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ ލ.އިސްދޫ ސިއްހީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 މާރިޗު 2019 ވާ ހޯމަ ދުވަހު ހެނދުނު 09:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ ލ.އިސްދޫ ސިއްހީ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
26 ޖުމާދަލްއާޚިރު 1440
