މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނަދޫ ކޮމިއުނިޓީ ޕަވަރހައުސް އަށް ތެޔޮ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާއިން ހިންގަމުން ގެންދާ ފުނަދޫ ކޮމިއުނިޓީ ޕަވާރހައުސްއަށް 04 މަސްދުވަހުގެ މުއްދަތަށް ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރި މިއިދާރާގެނަމްބަރ  (IUL)283-BF/283/2019/10  އިޢުލާނާއި ގުޅިގެން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ އަދަދު މަދުކަމަށްފެންނާތީ އެ އިއުލާނު ބާތިލްކޮށް އަލުން އިޢުލާނުކުރީމެވެ.

ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 7 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ސިޓީއަކުން އެކަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ 10 މާރޗް 2019  ވާ އާދިއްތަ ދުވަހު 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6540052 ފޯނާއި ގުޅުއްވުން އެދެމެވެ. ޝައުޤުވެރިކަން ފާޅުކުރުމަށް ލިޔުންހުށަނާޅާ ފަރާތްތަކާއި ގަޑިޖެހިގެން ހާޟިރުވާފަރާތުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ،އަގުހުށަހަޅާފަރާތުންބަދަލުގައި ފޮނުވިކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ.

03 މާރިޗު 2019
ހޯދާ